އިނގެރޭސިވިލާތުގެ ލަންޑަނުގައި އަލަށް އުފަންވި ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއީ މުޅި ދުނިޔެއިންވެސް ކޮވިޑް-19 ޖެހުނު އެންމެ ހަގު ކުއްޖާއެވެ. މީގެ ކުރިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ އެންމެ ހަގު ކުއްޖަކީ ޗައިނާގެ ކުއްޖެކެވެ. އެކުއްޖާއަށް ކޮވިޑް-19 ޖެހިފައިވަނީ އުމުރުން 17 ދުވަހުގައެވެ.
ލަންޑަނުގައި އުފަންވި ކުއްޖާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ ވިހޭތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހެދި ޓެސްޓުތަކުގެ ނަތީޖާއިންނެވެ.
އިނގެރޭސިވިލާތިގެ މީޑިޔާތަކުން ބުނާގޮތުގައި އެކުއްޖާގެ މަންމަ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ނިއުމޯނިއާއަށް ޝައްކުކުރެވިގެން ކަމަށެވެ. އެ އަންހެން މީހާގެ ޓެސްޓުތަކުގެ ނަތީޖާ ލިބުނީ ވިހެއި ފަހުންނެވެ.
ޞިއްޙީ ތަޖުރިބާކާރުން މިހާރު ގެންދަނީ އެ ތުއްތު ކުއްޖާއަށް ކޮވިޑް-19 ޖެހުނު ގޮތް ހޯދަން މަސައްކަތްކުރަމުންނެވެ.
ކުއްޖާއަށް ކޮވިޑް-19 ޖެހުނީ ވިހެއުމުގެ ތެރޭގައި ކަމެއް ނުވަތަ ބަނޑުގައި ވަނިކޮށޤ ކަމެއްވެސް އަދި ނޭނގެއެވެ. އެކުއްޖާގެ މަންމަ މިހާރު ވަނީ އިންފެކްޝަންއަށް ޚާއްސަ ހޮސްޕިޓަލަަށް ބަދަލުކޮށްފައެވެ. އަދި އެ ކުއްޖާއަށް ފަރުވާދެމުން ދަނީ އެކުއްޖާ ވިހެއި ހޮސްޕިޓަލުގައެވެ.
މި ދެމައިގެ ޚާލަތާއި ބެހޭގޮތުން މިހާތަނަށް އަދި އެއްވެސް މީހަކު ވާހަކަ ދައްޖާފައެއް ނުވެއެވެ.
މާތް ﷲ ގެ ކުޅަދުން ވަންތކަން ﷲ އައް ބިރުވެތިވެ ތައުބާވެ އެކަނލާންގެ އައް ދުއާ ދަންނަވަންވީ ހައދަވާ ބޮޑުކުރެއްވި ރަސް ކަލާކޯ މިނުރައްކާތެރި ރޯގާއިން މީސް ތަކުން ސަލާމަތް ކުރައްވާ ފާންދޭވެ އާމީން
އާމީން
އާމީން
ވަގުތުނޫހަށް މާރީތި ބަހެއް ދޯ ފައްސި ލޮއްސިއާ ނައްސިއާ...
އާމީން