ޕިލިޕީންސްގައި ހަލުވި ކަމާ އެކު ދޫނި ރޯގާ ފެތުރެން ފަށާފައިވާ ކަަމަށް އެ ގައުމުގެ ޕާމް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ބައިނަލްއަގުވާމީ ހަބަރުތައް ގެނެސްދޭ މަޝްހޫރު ނޫސް "ރޮއިޓާސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ ދެކުނު ޕްރޮވިންސްގައި މިބަލި ފެެތުރެން ފަށާފައި ވަނީ ދޫނި ގެންގުޅޭ ފާމްތަކުގައި ބަލި އުފެދިގެންނެވެ.

އެންމެ ފަހުން މިފަދަ ބައްޔެއް އެ ގައުމުގައި ފެތުރެން ފަށާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

މިހާތަނަށް މި ބަލި ފެތުރެން ފަށާފައިވާ ސަރަހައްދުގައި ހަލުވި ކަމާއި އެކު، މި ރޯގާ ފެތުރެން ފަށާފައިވާއިރު ނެއުވާ އެކީޖާ ސަރަހައްދުގައި އެކަނިވެސް 1،500 އަށްވުރެ ގިނަ ދޫނި މިހާތަނަށް ވަނީ މަރުވެފައެވެ.

މިހާރު 12،00 އަށްވުރެ ގިނަ ދޫންޏަށް މި ބަލި ޖެހިފައިވާ އިރު ކުރިއަށް އޮތް ތަނުގައި ވެސް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައެވެ.

އެސަރަހައްދުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދޫނި ކަަރަންޓީނު ކުރެވޭ އިންތިޒާމް މިހާރު ދަނީ ކުރަމުންނެވެ. އަދި ވަރަށް އަވަހަށް ދޫންޏަށް ހާއްސަ ކަރަންޓީން ކުރާ ތަންތަން ހަދައި، މި ބަލި ޖެހިފައިވާ ދޫނި ކަރަންޓީނު ކުރާނެ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުުކޮށްފައެވެ.