މިހާރު ފެތުރެމުން ގެންދާ ކޮވިޑް-19ގެ ޝިކާރައަކަށްވެ ސްޕެއިން އަށް ނިސްބަތްވާ ޒުވާން ފުޓްބޯޅަ ކޯޗަކު މަރުވެއްޖެއެެވެ.

ސްޕެއިންގެ މަލާގާގެ ޔޫތް ޓީމެއް ކަމުގައިވާ އެތްލެޓިކޯ ޕޯޓަޑާ އަލްޓާއާ އަށް އިރުޝާދު ދެމުން އައި ފްރެންސިސްކޯ ގާސިއާ މަރުވިއިރު އޭނާ އަށް އެންމެ 21 އަހަރެވެ. ގާސިއާގެ މަރާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޑޮކްޓަރުން ބުނެފައި ވަނީ އާއްމުކޮށް ވައިރަސް ޖެހިގެން މަރުވަނީ އުމުރުން ދުވަސްވީ މީހުން ނަމަވެސް، ގާސިއާގެ ހަށިގަނޑުގައި ލުކީމިއާ ހުރުމުން އޭނާ މަރުވާން މެދުވެރިވީ ކަމަަށެވެ.

ގާސިއާގެ އަށް ލުކީމިއާ ޖެހިފައިވާކަން ޑޮކްޓަރުންނަށްވެސް ނުވަތަ ގާސިއާ އަކަށްވެސް ކުރިއަކުން އެނގިފައެއް ނުވެއެވެ. މިކަން ހާމަވެފައި ވަނީ ގާސިއާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ކޮވިޑް-19 ވައިރަސް އަށް އޭނާ ޓެސްޓުކޮށް އިތުރަށް ހެދި ޓެސްޓުތަކުންނެވެ.

ގާސިއާ އަށް ލުކީމިއާ ނުޖެހި ހުރިނަމަ އޭނާގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑުވީސް ކަމަށް ޑޮކްޓަރުން ބުނެފައިވާއިރު އޭނާގެ ކްލަބުގެ ފަރާތުން ވަނީ ގާސިއާގެ އާއިލާ އަށް ޙަމްދަރްދީގެ މެސެޖެއް ފޮނުވައި، ގާސިއާ އާއި ނުލައި އެ ކްލަބު ކުރިއަރައި ދާން ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެކަމަށް ބުނެފައެވެ.

ވައިރަސްގެ ޝިކާރަ އަކަށްވެ ސްޕެއިން އިން 300ށް ވުރެން ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާއިރު، 8،000ށް ވުރެން ގިނަ މީހުން ވަނީ ވަައިރަސް އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަނީރު

    ޕޮޒިޓިވް ވީތަ؟ ފައްސިއެއް ނޫންތަ؟ ހިއްވަރުހުރެގެން އެެްގޮތަކަށް ލިޔަން އުޅެވޭތޯ ބަލާބަލަ

    10
    3
  2. ނނގ

    ފައްސިވަނީ ހަމައެކަނި ރާއްޖޭގަ ބޭރުމީހުން ވާނީ ޕޮސިޓިވް

  3. ތަރިކަ

    އެލިޔާ އެއްޗެއް ދެބަހުންނުލިޔެ އެއްބަހަކުން އެއްހަމައަކުން ލިޔެވޭތޯ އުޅުއްވަބައްލަވަ !