މުޒާހަރާ ތަކުގައ ސިފައިން ބައިވެރިވެ އަރްމޭނިއާގެ ސަރުކާރު ވައްޓާލައިފިއެވެ.
ބޮޑެތި މުޒާހަރާތަކަކަށް ފަހު އަރުމޭނިއާގެ ބޮޑުވަޒީރު ސުއަރޒް ސަރްގެޒިއަން މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މި މުޒަަހަރާ ތަކުގައި އިދިކޮޅު ލީޑަރު ޕަޝްނިއަންގެ އިތުުރުން އިދިކޮޅު ލީޑަރު ދެ ލީޑަރަކު ޖަލަށްލާފައިވެއެވެ .މީގެއިތުރުން މުޒާހަރާކުރި 200 އެއްހާ މީހުން ޖަލަށްލާފައިވެއެވެ.
ބޮޑު ވަޒީރު އިސްތިިއުފާ އިއުލާނު ކުރައްވާފައިވަނީ އިދިކޮޅު ލީޑަރު ނިކޯލް ޕަޝިނިއަން ބަންދުން ދޫކޮށްލިތާ ގިނައިރުތަކެއް ނުވެއެވެ.
ބޮޑުވަޒީރު ސަރްގެޒިއަންގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ "މިއީ އެ ގައުމުގެ ލީޑަރުގެ ހައިސިއްޔަތުން އަރްމޭނިއާގެ ހުރިހާ ރައްޔިތުންނާއި މުޚާތަބުކުރާ އެންމެ ފަހު ފަހަރު" ކަމަށެވެ.
އިއްޔެގެ މުޒާހަރާގައި ބައިވެރިންވަނީ އިދިކޮޅު ލީޑަރު ނިކޯލް އަށް ތާއީދުކޮށް އޭނާގެ ނަން މުޒާހަރާގައި ގޮވައި އަރްމޭނިއާގެ ދިދަ ވިހުރުވާފައެވެ. އަދި ސަލާމަތީ ބާރު ތަކުގައި ހިމެނޭ ސިފައިން ވަނީ މި މުޒަަހަރާގައި ބައިވެރިވެފައެވެ.
ސިފައިން މި މުޒަަހަރާގައި ބައިވެރިވީ މުޒާހަރާކޮށްފިނަމަ ހަރުކަށި އަދަބު ދޭނެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން އިންޒާރުދީފައިވަނިކޮށެވެ. ނަމަވެސް އިންޒާރަށް ބެލުމެއް ނެތި ޔުނިފޯމް އެޅި އެތައްސަތޭކަ ސިފައިން ވަނީ މުޒާހަރާގައި ބައިވެރިވެފައެވެ.
ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާގޮތުގައި ރައީސްކަމުގެ މަގާމު ފަސް އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެެއްވުމަށް ފަހު މިދިޔަ އަންގާރަ ދުވަހު ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރެވުމާއިއެކު ސަރްގެޒިއަން ގެންދެވީ ހުރިހާ ބާރެއް މުށުތެރެއަށް ލައްވަމުން ކަމަށެވެ.
ރައްޔިތުންގެ ވެރިކަން ހިގާ ޤަވްމުތަކުން ފެންނާނެ ނަތީޖާތިފެނުނީ
ވަގުތު ނޫހުން ގުޅާބަލަ ނަސީދުއަށް... ގުޅާފަ ބުނޭ މަ ބުންޏޭ އަރުމޭނިއާ ސަރުކާރު ވެއްޓިއްޖެކަމަކާއި ވެރިކަން ލިބިދާނެ ހެން ހީވާ ކަމަށާއި އެތާގައި ނަސީދު ފާދިރީ ހެދިފަ އުޅުނަސް އެމީހުނަށް ނޭގޭނެކަން ވެސް ބުނާތި. އަދި ތިމާވެއްޓާއި ބެހޭ ކޮންމެސް ބެނާއެއް ދަމާލާފަ އީ.ޔޫ އަށް ގުޅާފަ މަމީ މިހާރު ވެރިޔާއޭ ބުނަން ވެސް ދެދުވަހެއްފަހުން ނަމަވެސް ގުޅާލާފަ ބުނާތި... މިހެން މިބުނީ ޑްރިންކްސް ފުރީ ވީމަ ދެދުވަހެއް ފަހުން ހޭޖެހޭނެ ކަމަށް ބަލާފަ
ޔާމީނު ދާނީ މިއަށްވުރެވެސް ހަޑިކޮށް
އަސްލުވެސް. މަށައް އެ މަންޒަރު ހަމަ ފެންނަހެން ހީވަނީ
ޔާމީނާ ދެކޮޅަށް ތިބި މީހުން މިހާރުވެސް އެއޮއްދަނީ އެއަށްވުރެވެސް ހަޑިކޮށް.
ތިޔަގޮތަށް ވައްޓާލާ ވެރިކަމަކުން މީރުވަސްދުވާ މަލެއް ނުފޮޅޭނެ!
ތިޔައީވެސް އިދިކޮޅުމީހުން އަޑީގައި ތިބެގެން ގެނައި ބަޣާވާތެކެވެ. ދިވެހިރާއްޖޭގައި އެފަދަކަމެއްކުރަން ޖެހޭވަރަށްވުރެ ސަރުކާރު މާ ރަނގަޅެވެ. މިސަރުކާރު ގާއިމުވީ އިރު ގައުމު އޮތީ ބޮއްސުންލާފައި، ދަރާވިކިފައި، ވަގުބައިގަނޑަކަށް މާލިއްޔާއަށް އަތްބާނަން ފުރުސަތު ލިބުމުން ހަށީހޭނެތި މާލިއްޔާ ކޮޅާލާފަ އެވެ. ގައުމު އޮތީ ބޭންކްރަޕްސީ އިޢުލާނުކުރާ ހިސާބުގައެވެ. މި ސަރުކާރު ގާއިމުވުމާއެކު ފުރަތަމަވެސް ޖެހުނީ އެއްކަލަ ތަންދޮރު ނުދަންނަ ޖާހިލު ބައިގަނޑު ކެހި ކަނޑުލުން ހިތިފިލުވާށެވެ.
މި ހާރުވެސް މި ގައުމުއޮތީ ބޭރުގެ ބޭންތަކުން ލޯން ނަގާ ދަރަނި ވެފައި ކީ ކޭ ތިކިޔަނީ؟