2012 ވަނަ އަހަރު ތެރޭގައި ދިއްލީގެ ބަހެއްގެ ތެރޭގައި ރޭޕްކޮށް މަރާލި ޒުވާން އަންހެނާ ރޭޕް ކުރި މައްސަލާގައި ދަންޖެއްސުމަށް ހުކުމްކޮށްފައިވާ ހަތަރު މީހުން މިއަދު ދަންޖައްސައިފިއެވެ.

އެ މައްސަލާގައި ދަންޖެއްސުމަށް ހުކުމްކޮށްފައި ވަނީ އަކްޝޭ ތަކުރް އާއި ވިނޭ ޝަރްމާ އާއި ޕަވާން ގުޕްތާ އާއި މުކޭޝް ސިންގގެ މައްޗަށެވެ. އެ މީހުން ދަންޖައްސާފައި މިއަދު ހެނދުނު ދިއްލީ ޓީހާރް ޖަލުގައެވެ.

ހަތް އަހަރު ފަހުން، ނިރްބަޔާގެ ނަމުން ނަން ހާމަކޮށްފައިވާ އެ ޒުވާނާގެ މަރަށް އިންސާފް ހޯދުނުއިރު، އެކަމާއި އޭނާގެ މަންމަވެސް ވަނީ އުފާ ފާޅުކޮށްފައެވެ.

އުމުރުން 23 އަހަރުގެ ނިރްބަޔާ ރޭޕް ކުރި މައްސަލަ ވެގެން ދިޔައީ އެ ގައުމުގައި ދިގު ދެމިގެންދިޔަ ބޮޑު މައްސަލައަކަށެވެ. މިއީ 2015 ވަނަ އަަހަރުގެ ފަހުން އެ ގައުމުގައި މީހަކު ދަންޖެއްސި ފުރަތަމަ ފަހަރެވެ.

އޭނާ ރޭޕްކުރި މައްސަލާގައި ހަ މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރެއިން އެކަކު ޖަލުގައި ވަނީ އަމިއްލައަށް ދަންޖެހިފައެވެ. އަދި ދެވަނަ ކުއްޖާގެ އުމުރަކީ އެއިރު 17 އަހަރު ކަމުން އޭނާ ވަނީ ޖަލުގައި ތިން އަހަރު ބެހެއްޓުމަށްފަހު ދޫކޮށްލާފައެވެ.

އެ މައްސަލާގައި ހިމެނޭ ހަތަރު މީހުން ދަން ޖައްސާފައި ވަނީ މިއަދު ހެނދުނު 5:30 ގައެވެ. އެމީހުން ދަންޖެެއްސުން އެތައް ފަހަރަކު މަތިން ފަސް ކުރުމަށްފަހު މިއަދު އެ މީހުން ދަންޖެއްސިއިރު، އިންޑިއާގެ ގިނަބަޔަކު ތިބީ ޝޮކެއްގައެވެ.

2012 ވަނަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުގެ ސިނަމާއަކަށް ގޮސް އެނބުރި ގެއަށް ދިއުމަށް ފިރިހެން ރަހުމަތްތެރިޔަކާއެކު ބަހަކަށް އެރި ނިރްބަޔާ ރޭޕްކޮށްފައި ވަނީ ބަސް ތެރޭގައެވެ. އޭނާގެ ރަހުމަތްތެރިޔާއަށް އެ މީހުން ވަނީ އަނިޔާކޮށްފައެވެ. އަދި އޭނާ ރޭޕް ކުރުމަށްފަހު އެ ރަހުމަތްތެރިޔާއާ ދެ މީހުން މަރުވާން ދޫކޮށްލާފައި އެ މީހުން ފިލީއެވެ.

އެ ހާދިސާގައި ނިރްބަޔާ މަރުވީ ފަރުވާ ދެމުން ދަނިކޮށެވެ. އޭނާގެ ރަހުމަތްތެރިޔާއަށް ފަރުވާދެމުން ދިޔައީ ސިންގަޕޫރް ހޮސްޕިޓަލްގައެވެ. އޭނާ ވަނީ ނިރްބަޔާ ރޭޕް ކުރި މީހުންގެ މައުލޫމާތު ހިއްސާކޮށްފައެެވެ.

ނިރްބަޔާ ރޭޕްގެ ވާހަަކައިން މުޅި އިންޑިއާ އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުދިބެ

    މިމި ހުން މެރީމަ ދުނިޔޭގެ ބޮޑެތިޖަމައިތަކުން ނޫޅެ ފަޔަށް ހިނިނާރައިން މިރާއްޖެ މި ކަމެެއް ކުރަން ހިތުނިޔަތް ގަތަސް ހުސް އިންސާނި ހައްގު އޮންނާނި މި އަޅެ ފަ ހެ އަރަތެއް ނޫންތަ؟

    14
  2. ވިސްނާ

    މިވަރުކަމެއްވެސް މި ދިވެހިރާއްޖޭގަ އިސްލާމީ ގައުމެއްގަ ކޮއްލާކަށް ނުކެރޭ.

    15