ނުވަ ހަފްތާ ވަންދެން ފުރަބަންދު (ލޮކްޑައުން)ކޮށްފައި އޮތް ވުހާންގައި ބަސް ދަތުރުތައް މިހާރު ވަނީ ފަށާފައެވެ. މިއަދު ހެނދުނު ހަންކޯއޫ ރެއިލްވޭ ސްޓޭޝަނުން ފުރަތަމަ ބަސް ނައްޓާލީ ވަރަށް ދުވަސް ފަހުންނެވެ.

އެ ބަހުގައި ޑްރައިވަރުގެ އިތުރުން، ރައްކާތެރިކަން ބެލެހެއްޓުމުގެ ސުޕާވައިޒަރަކުވެސް ދިޔައީ ހަރަކާތްތެރިވަމުންނެވެ. އޭނާގެ ޒިންމާއަކީ އެ ބަހަށް އަރާ އެންމެންގެ ސިއްހީ ކަންކަން ބެލެހެއްޓުމެވެ. އެގޮތުން ކޮންމެ މީހަކު ބަހަށް އެރުމުގެ ކުރިން ފޯން މެދުވެރިކޮށް ހެލްތް ކޯޑު ސްކޭން ކުރަން ޖެހެއެވެ. އަދި ފޯން ނުގެންގުޅޭ މީހުން ޖެހޭނީ ސިއްހަތާއި ބެހޭ އޮތޯރިޓީން ދޫކުރާ ސެޓްފިކެޓް ހިފައިގެން ބަަހަށްް އަރަން ދާށެވެ.

އަދި ބަހަށް އަރަން އަންނަ ފަސެންޖަރުން މާސްކް އަޅަން ޖެހެއެވެ. އަދި އަމިއްލަ ނަމުގައި ރަޖިސްޓަރވާން ޖެހޭއިރު، ކިއުއާރް ކޯޑް ސްކޭންކޮށް، ޓެމްޕަރޭޗަރވެސް އެ ސަރަހައްދުން ބަލަމުންދާނެއެެވެ.

މީގެ އިތުރުން. ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު މީހުންނާއި، އުމުރުން 65 އަހަރުން މަތީގެ މީހުން ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ނުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ވުހާންއަކީ ކޮވިޑް-19 އެންމެ ހަލުވިކަމާެެކު ފެތުރެމުންދިޔަ ސިޓީއެވެ. އެ ސިޓީގެ ބަސް ދަތުރުތައް ފަށާފައިވާއިރު، ބައެއް ސަރަހައްދުތަކަށް އަދި އެ ބަސްތައް ދަތުރެއް ނުކުރާނެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން ފުރަބަންދު (ލޮކްޑައުން) ކުރި ހުބެއީ ޕްރޮވިންސް މިއަދު ހުޅުވާފައިވާއިރު، ވޫހާން ވެސް އޭޕްރީލް 08 ވަނަ ދުވަހު ހުޅުވާލަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު