ކޮވިޑް-19 ޖެހިގެން ލަންކާ އިން އިތުރު މީހަކު މަރުވެއްޖެއެވެ. މިއީ ކޮވިޑް-19 ޖެހިގެން ލަންކާ އިން މަރުވި ތިންވަނަ މީހާ އެވެ.
ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި އެގައުމުގެ އިންފެކްޝަން ޑިސީސް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ 72 އަހަރުގެ މީހެކެވެ. އޭނާ އަކީ ވެރިރަށް ކޮލަމްބޯ އަށް ނިސްބަތްވާ މީހެކެވެ.
ލަންކާ އިން މިހާތަނަށް 146 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން 21 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅު ވެފައެވެ.
(ތަފްސީލް އަންނަނީ)
ލަންކާގަ މީހަކު މަރުވާއިރަށް އެ ވާހަކަ ނޫހުގަ އޮވޭ. ޢިންޑިޔާއިން މިއަދުވެސް 30 ހަކަށް މީހުން މަރުވި. ޢެކަމަކު އެ ވާހަކައެއް އެއްވެސް ނޫހަކު ނުލިޔެވޭ.