ކޮވިޑް-19 ޖެހިގެން އީރާނާއި ބެލްޖިއަމުން އަނެއްކާވެސް ގިނަބަޔަކު މަރުވެއްޖެ އެވެ.

އީރާނުން ކޮވިޑް-19 ޖެހިގެން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މަރުވެފައި ވަނީ، 134 މީހުންނެވެ. ބެލްޖިއަމުން މަރުވެފައި ވަނީ 132 މީހުންނެވެ.

އީރާނުގެ ހާލަތަށް ބަލާއިރު، އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންވެ އަދަދު ވަނީ 3294 އަށް އަރާފައެވެ. އެ ގައުމުން އިތުރު 2715 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 53183 އަށް އަރާފައެވެ.

އެ ގައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 3956 މީހެއްގެ ހާލު ސީރިއަސް އެވެ. އަދި 16711 މީހަކު ވަނީ ރަނގަޅުވެފައެވެ.

ބެލްޖިއަމްގެ ހާލަތަށް ބަލާއިރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1143 އަށް އަރާފައެވެ. އަދި އިތުރު 1422 މީހަކު މި ވައިރަސްއަށް ފައްސިވެފައިވާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 16770 އަށް އަރާަފައެވެ.

އެ ގައުމުން މި ބަލި ޖެހުނު މީހުންގެ ތެރެއިން 1205 މީހެއްގެ ހާލު ސީރިއަސް އެވެ. އަދި ބަލި ޖެހުނު 2872 މީހަކު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު