ކޮވިޑް-19 އަށް ވެކްސިނެއް އުފައްދަން ކުރަމުން އަންނަ މަސައްކަތުގައި އެމެރިކާގެ އިތުރު ކުންފުންޏެއް އަނެއްކާވެސް ކުރިއަށް ޖެހިލައިފިއެވެ. އިނޮވިއޯ ފާމަސޫޓިކަލްސް ނަމަކަށް ކިޔާ މިކުންފުނިން ވަނީ މިހާރު ކޮވިޑް-19 އަށް ވެކްސިނެއް ޓެސްޓް ކުރަން ބައެއް މީހުންނަށް ފުރަތަމަ ޑޯސް ދޭން ތައްޔާރުވެފައެވެ.

އިނޮވިއޯ އިން ވެކްސިން އުފެއްދުމަށް ފަންޑް ކުރަނީ ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ މައިކްރޯސޮފްޓްގެ ވެރިޔާ ބިލް ގޭޓްސް އާއި އޭނާގެ އަނބިކަނބަލުން މެލިންޑާ އެކުވެގެން އުފައްދާފައި އޮންނަ ގޭޓްސް ފައުންޑޭޝަނުންނެވެ.

ވެކްސިން ޓެސްޓް ކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިނޮވިއޯ އަށް ދިނުމުން އެކުންފުނިން ވަނީ 40 ވޮލެންޓިއަރުންނަށް ވެކްސިން ދިނުމަށް ތައްޔާރުވެފައެވެ. އެމީހުން ހޮވާފައި ވަނީ ފިލިޑާފިއާ އާއި ކެންސަސް ސިޓީންނެވެ. އެމީހުންނަށް ވެކްސިންގެ ދެ ޑޯސެއް ދޭނެއެވެ. ފުރަތަމަ ޑޯސް ދިނުމަށް ފަހު ދެވަނަ ޑޯސް ދޭނީ ހަތަރު ހަފްތާ ފަހުންނެވެ.

ވެކްސިން ޓެސްޓްކޮށް ރަނގަޅު ނަތީޖާއެއް ފެނުނު ނަމަވެސް އަދި މިއީ މާބޮޑު އުއްމީދެއް ލިބޭނެ ނަތީޖާއަކަށް ނުވެދާނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިއީ އެންމެ އެކަށީގެންވާ ވެކްސިނެއް ކަމަށް ޓެސްޓްތަކުން ދެއްކި ނަމަވެސް ފުޅާ ދާއިރާއެއްގައި މި ވެކްސިން ލިބޭނީ އަހަރެއްހާ ދުވަސް ފަހުންނެވެ.

ނަމަވެސް އެމެރިކާގެ އެފްޑީއޭ އިން އެމަޖެންސީ ހުއްދައެއް ދީފިނަމަ އެއަށްވުރެ އަވަހަށް ވެސް ވެކްސިން ލިބުމުގެ ފުރުސަތު އެބައޮތެވެ.

އެމެރިކާގެ މޮޑާނާ ނަމަކަށް ކިޔާ ކުންފުންޏަކުން ވެސް މިދިޔަ މަހު ވަނީ ކޮވިޑް-19 އަށް ވެކްސިނެއް ޓެސްޓް ކުރަން ފަށާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔެ ހުއްޓުމަކަށް އައިސްފައި ވާއިރު މިބައްޔަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ 35 ކުންފުންޏަކުން ކުރަން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނޫސް

    މާތް ﷲ ބިލް ގޭޓްސްގެ ކިބައިން އަހަންނާއި އަހަރެންގެ ދަރިން ރައްކާތެރިކުރައްވާންދޭވެ

    3
    1
    • ސަމްސިއްޔާ

      މިއީ ކޮންކަމެއް؟؟ ވެކްސިން ޖެހުމާ ދެކޮޅު ބައިގަނޑުގެ މީހެއްދޯ

  2. ކަޑަބެ

    މުއްސަދިން ހިންގާ ވިޔަފާރި ޖަރީމާ އޮން ދަ ކޮސްޓް އޮފް އަސް. ކޮވިޑް އަދި އެހެން ނަންނަމުގަ ޕެނިކް އުފައްދައިގެން. ސޭޑް ބަޓް ޓްރޫ

    6
    1
  3. ޖުހާ

    ބިލްގޭޓްސް އަށް ސުވަރުގޭގެ އެންމެ މަތިވެރި ނިއުމަތް ލިބުން އެދެން.

    • ބްރޯ

      އެއީ ހަރުބީ ކާފަރެއް. އޭނަގެ ވިޔަފާރީގެ ބޮޑު އެއްބަޔަކީ ބޭސް އަދި ވެކްސިން ވިއްކުން. ހޭއަރާބަލަ