އެމެރިކާއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ބައި މިލިއަނަށް އަރައިފިއެވެ.
މިހާތަނަށް އެގައުމުން 500,879 މީހަކު މިވަނީ މިބައްޔަށް ފައްސިވެފައެވެ. މިހާތަނަށް އެމެރިކާއިން ޖުމްލަ 18,637 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.
އެމެރިކާއިން ކޮވިޑް-19 އަށް ބައި މިލިއަން މީހުން ފައްސިވެފައިވާއިރު، އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 27,239 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެގައުމުގައި ކޮވިޑް-19 ޖެހިގެން ހާލު ސީރިޔަސް 10,916 މީހުން އެބަތިއްބެވެ.
އެމެރިކާއަކީ މިހާރު މުޅި ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ ގައުމެވެ.
މުޅި ދުނިޔެއިން މިހާތަނަށް 1,695,711 މީހަކަށް ކޮވިޑް-19 ޖެހިފައިވެއެވެ. މި ބަލީ ޖެހިގެން މިހާތަނަށް 102,566 މީހަކު މަރުވެފައިވާއިރު، ބަލިން ރަނގަޅުވެފައިވަނީ ބަލި ޖެހުނު މީހުންގެ ތެރެއިން 375,958 މީހުންނެވެ.
މުޅި ދުނިޔެއަށް ބަލާއިރު ޖުމްލަ 49,833 މީހަކު އަދިވެސް މި ބަލީގައި ސީރިޔަސް ހާލަތުގައި އެބަ ތިއްބެވެ.
އެކަމަކު ތިއިނީ އިންޑިއާ ގެ ފޮޓޯ އެއް ލާފައި