ނެގެޓިވް ސުވާލު ކުރާ ނަމަ، ކޮވިޑް-19 އާއި ގުޅިގެން ވައިޓްހައުސްގައި ބާއްވާ ޕްރެސްތައް ކެންސަލްކޮށްފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީހުންގެ ގަޔަށް ޑިސްއިންފެކްޓެންޓްސް ޖަހައިގެން ކޮވިޑް-19 ނައްތާލަން ޖެހޭ ކަމަށް ޓްރަމްޕް ބުނުމާއި ގުޅިގެން އޭނާ ހޫނުފެނަށް ވެއްޓި އެއީ ސަމާސާއަކަށް ބުނި ވާހަކައެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މީޑިއާތަކުން ދަނީ ވައިޓް ހައުސްގައި ޓްރަމްޕް ދައްކާފައި ހުރި ވާހަކަތައް އޭނާ އާއި ދެކޮޅަށް ބޭނުން ކުރަމުންނެވެ.
އެހެންނަމަވެސް ދުވާލަކު އެއްފަހަރު މިހާރު ބާއްވަމުންދާ ވައިޓް ހައުސްގެ ނޫސްވެރިންގެ ބައްދަލުވުންތައް ހުއްޓާލަން އޭނާ ބޭނުން ވަނީ ރިޕޯޓަރުން މާގިނަ ނެގެޓިވް ސުވާލު ކުރާތީ ކަމަށްވެއެވެ.
ޓްރަމްޕް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަށް ހޭދަކުރާ ވަގުތަކީ މިހާރު މާ ބޭނުންތެރި ވަގުތެއް ނޫން ކަމަށެވެ. އަދި އެކަމުން ހާސިލްވާ ނަތީޖާއާއި މެދު އޭނާގެ ހިތުގައި ސުވާލު އުފެދޭކަން ހާމަކުރެއްވިއެވެ.
What is the purpose of having White House News Conferences when the Lamestream Media asks nothing but hostile questions, & then refuses to report the truth or facts accurately. They get record ratings, & the American people get nothing but Fake News. Not worth the time & effort!
— Donald J. Trump (@realDonaldTrump) April 25, 2020
ޓްރަމްޕް އަކީ އަބަދުވެސް އޭނާ ދައްކާ ކޮންމެވެސް ވާހަކައެއްގެ ސަބަބުން އަބަދުވެސް މީޑިއާގެ ފާޑުކިޔުންތައް އަމާޒުވާ ބޭފުޅެކެވެ. އެގޮތުން ދާދިފަހުން ޑިސްއިންފެކްޓް މީހުންގެ ގަޔަށް އިންޖެކްޓް ކުރަން ގޮވާލުމުން، ޑިސްއިންފެކްޝަން ކުންފުނިތަކުން ވެސް ވަނީ އެކަމުގެ ނުރައްކާތެރިކަން ހާމަކޮށް އެކަމާއި ދެކޮޅަށް ވާހަކަދައްކާފައެވެ.
އަދި ފެކްޓާއި ނުލާ ޓްރަމްޕް ދައްކަވާ މިފަދަ ވާހަކަތަކުގެ ސަބަބުން ސަރުކާރަށް އޮންނަ އިތުބާރު ކުޑަވެ، ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
ޓްރަމްޕް ވަނީ ކޮވިޑް-19 ފެތުރުނު ނަމަވެސް ފުރަބަންދު ކުރުމަށް ތާއީދުނުކުރާކަން ވެސް ހާމަކޮށްފައެވެ. އަދި އޭނާ އަށް ތާއީދުކުރާ މީހުންވެސް ދަނީ ފުރަބަންދާއި ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.
ކަލޭ ނޫސްވެރިންނަށް ބައްދަލުވުން ނުބޭއްވިއްޔާ އެމެރިކާމީހުނަށް ކޮރޯނާ ވައިރަސް ނުޖެހޭ ކަމަށް ވާނެތަ ؟
ޤައުމުތަކުގެ ވެރިކަމަށް މިހާރު އާދެ މޮޔައިންވެސް