ލަންކާއަށް މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ނިރުބަވެރި ހަމަލާތައް ދިނުމުގެ ކުރިން، އެފަރާތްތަކުން ތަމްރީނުތައް ހަދަމުންދިޔަ ސަރަޙައްދުތައް ހޯދައިފިއެވެ.

ލަންކާ ފުލުހުންގެ ތަރުޖަމާނު، ޖަލިޔާ ސެނަރަތްނެ މިކަން ހާމަކޮށް މިއަދު މީޑީއާތަކުގައި ވިދާޅުވެފައި ވަނީ މި ސަރަޙައްދުތަކަކީ ނިރުބަވެރިން ހަތިޔާރު ބޭނުންކޮށްގެން ތަންރީނުތައް ހަދަމުންދިޔަ ސަރަޙައްދުތަކެއް ކަމަށާއި، މިހާތަނަށް އެގޮތުން ބޭނުންކުރި ދެ ސަރަޙައްދެއް ދެނެގަނެވިފައިވާ ކަމަށެވެ.

ޖަލިޔާ ސެނަރަތްނެ ވިދާޅުވީ، މި ތަންތަން ދެނެގަނެވިފައިވަނީ މި ހަމަލާ އާއި ގުޅިގެން ހިންގަމުންދާ ތަހުޤީޤުގެ ދަށުން، ހައްޔަރުކޮށްފައިވާ މީހުންދީފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މިތަންތަނުގައި ގޮވާތަކެއްޗާއި ބަޑިފަދަ ތަކެތި ބޭނުންކުރާނެ ގޮތްތަކާއި ގުޅުންހުރި ތަމްރީނުތައް ނިރުބަވެރިންނަށް ދީފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޖަލިޔާ ސެނަރަތްނެ ވިދާޅުވީ، ފުލުހުން މި ތަންތަން ބަލައި ހޯދަމުން ދަނިކޮށް، މީގެ ކުރިން ނިރުބަވެރިން ތަމްރީނުވުމަށް ބޭނުންކުރި ތަކެއްޗާއި ހަތިޔާރުވެސް ފެނިފައިވާ ކަމަށެވެ.

އަދި މިތަންތަނަކީ ނިރުބަވެރިންނަށް ކްލާސްތަކެއް ނަގައިދިނުމަށް ވެސް ބޭނުންކުރަމުންދިޔަ ތަންތަންކަން އެނގިފައިވާ ކަމަށާއި، އެގޮތުން މިދިޔަ އަހަރު ދިން ހަމަލާގެ މޭސްތިރި، ޒަހްރާން ކާޝިމް ވެސް ނިރުބަވެރިންނާއި ބައްދަލުކޮށް އެތަންތަނުގައި ކްލާސްތައް ނަގައިދީފައިވާ ކަމަށް ޖަލިޔާ ސެނަރަތްނެ ވިދާޅުވިއެވެ.

އޭޕްރިލް 21 ވަނަ ދުވަހު ލަންކާގެ 8 ސަރަހައްދެއްގައި ބޮން ގޮއްވާލައިގެން ދިން ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން މަރުވެ 500 އެއްހައި މީހުން ޒަޚަމްވިއެވެ. މި ހަމަލާތަކުގެ ޒިންމާ ނަގާފައިވަނީ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް (އައިސިސް) އިންނެވެ.

ހަމަލާތަކުގައި ޖާނުންފިދާވެގެން މަރުވި ޒަހްރާން އަކީ އެ ޖަމާޢަތާއި ގުޅިގެން ލަންކާގައި ހަމަލާ ދިނުމުގެ އެންމެ އިސް މީހާ ކަމަށް ވެއެވެ. މި ހަމަލާތައް ދިނުމުގައި ޒަހްރާން ހިމެނޭގޮތަށް 9 މީހަކު ވަނީ އަމަލީ ގޮތުން ބައިވެރިވެ ޖާނުން ފިދާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރާ

    ޢިންޑިއަން ފޯލް ފްލެގް އޮޕްސް...

  2. މޯލްޑިވިޔަން

    މީ ހުސް ދޮގު.މީ ނަތަންޔާހޫ ގެ ކަންތަށް.ޔަގީން

  3. ހަމަލާދެވުމާއި އެކު

    ލަންކާ ހަމަލާ: ނިރުބަވެރިން ތަމްރީނުވި ތަންތަން ހޯދައިފި، ކޮވިޑަށްވެސް ފަރުވާއެއް ހޯދުމަށް މަސައްކަތް ތިޔަވަރުގެ އަހައްމިޔަތެއް ދެވޭނެ ދުވަހެއް ދެކެން ބޭނުން.
    ހަމަލާދެވުމާއި އެކު ރަނިލް ވިދާޅުވީ ހަމަލާއާ ބެހޭ
    ހު ރިހާ ތަފްސީލެއް ވަ ރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް.

    • މޯލްޑިވިޔަން

      މީ ހިނގި ކަމެއް ނޫން.މީ ހުސް ދޮގު

      • ހިންގުވީ

        މީ ސެޕްޓެމްބަރު 11 ފަދައިން މި ދީނުގެ އަގުވައްޓާލަން އިންޑިއާ އަޑީގަ އޮވެގެން ކުރިކަމެއް.

  4. ގަމާރުމޯލްޑިވިއަން

    މި ހަމަލާ މިހިނގި ކަމެއްނޫން

    3
    1