ކޮވިޑް-19 އަށް އެމެރިކާގެ މޮޑާނާ ކުންފުނިން އުފައްދަމުން ގެންދާ ވެކްސިން ޓެސްޓް ކުރުމަށް ވެކްސިން ފުރަތަމަ ޖެހި މީހުންގެ ތެރެއިން އެކަކުގެ ހުން ވަަރަށް ގަދަވެ، އަދި ފަހުން އޭނާ ހޭނެތުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ވެކްސިން ޖެހުމަށް ވޮލެންޓިއާ ކުރި މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 29 އަހަރުގެ އިއަން ހައިޑޮން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ވެކްސިން ޖެހުމުން އޭނާގެ ހަށިގަނޑުގެ ހޫނުމިން 103 ޑިގްރީއަށް އެރި ކަމަށެވެ. އޭނާގެ ހުން ގަދަވުމުން ވަގުތުން އޭނާ އަށް ފަރުވާ ދޭން ފެށިއެވެ. އޭނާގެ ހުން ގަދަވީ ދެވަނަ ޑޯސް ދިންތާ 12 ގަޑިއިރު ފަހުން ކަމަށް އޭނާ ބުނެއެވެ. ހުން ގަދަވުމުން ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ދެތިން ގަޑިއިރުގެ ތެރޭގައި އޭނާ ވަނީ ދޫކޮށްލާފައެވެ.
ހޮސްޕިޓަލުން ދޫކޮށްލުން އޭނާ ގެއަށް ދިޔަ ތަނުން ހޭނެތިގެން ވެއްޓުނު ކަމަށާއި ނަމަވެސް އެއް ދުވަސް ތެރޭގައި ހާލު އެއްކޮށް ރަނގަޅުވި ކަމަށް އިއަން ބުންޏެވެ. ވެކްސިން ޖެހުމުގެ ސަބަބުން އިތުރު އެއްވެސް އުނދަގުލެއް އޭނާ އަށް އަދި މިހާތަނަށް ކުރިމަތިވެފައެއް ނުވެއެވެ.
އިއަންގެ ވާހަކަތަކާއި ގުޅިގެން އަދި މޮޑާނާ އިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މޮޑާނާ އިން އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ވެކްސިން އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ފުރަތަމަ މަރުހަލާ މިހާރު ވަނީ ނިމިފައެވެ. ފުރަތަމަ މަރުހަލާގެ ތަހްލީލްތައް ރަނގަޅު ކަމަށް މޮޑާނާ އިން ވަނީ ބުނެފައެވެ. ނަމަވެސް މޮޑާނާގެ ބައެއް ވާހަކަތަކާއި މެދު ތަޖުރިބާކާރުން ވަނީ ސުވާލު އުފައްދާފައެވެ.
Covid-19: Vaccine Thahleelge Natheejaa Rangalhu Kamah Bune Hedhee Dhogu? https://t.co/RHsdqOthXs
— Vaguthu Online (@VaguthuOnline) May 20, 2020
ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް 100 އަށް ވުރެ ގިނަ ކުންފުނިން ކުރަމުން އެބަގެންދެއެވެ. އޭގެ ތެރެއިން ދިހަ ވަރަކަށް ވެކްސިން މިހާރު އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
ވޯޓާ ބޮއިލްސް އެޓް 100 ޑިގްރީ ސެލްސިއަސް.