މިހާރު ދުުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރަޝިއާއިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްެޖެއެވެ.

އެގައުމުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 232 މީހުންނެވެ. މީގެ ކުރިން އެ ގައުމުން ގިނަބަޔަކު މަރުވެފައި ވަނީ މި މަހުގެ 26 ވަނަ ދުވަހާއު 28 ވަނަ ދުވަހުއެވެ. އެ ދުވަހު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވެފައި ވަނީ 174 މީހެކެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 4374 އަށް އަރާފައެެވެ.

އެ ގައުމުން ކޮވިޑް-19 ޖެހިގެން ފުރަތަމަ މީހަކު މަރުވީ މާރިޗް މަހުގެ 20 ވަނަ ދުވަހުއެވެ.

ރަޝިއާގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު، އެ ގައުމުން އިތުރު 8572 މީހަކު ވަނީ މި ވައިރަސްއަށް ފައްސިވެފައެވެ.

މިއާއެކުއެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 387623 އަށް އަރާފައެވެ.

އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަަނަށް ރަނގަޅުވެފައި ވަނީ 159,257 މީހެކެވެ.

ރަޝިއާއަކީ ކޮވިޑް-19 އަށް ތިން ވަނައަށް އެންމެ ގިނަ މީހުން ފައްސިވި ގައުމެެވެ.

ކިޔުންތެރިންގެ ހިޔާލު