ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން ފައްސިވި މީހުންގެ އަދަދު ބައި މިލިއަނަށް އަރައިފިއެވެ.

ބްރެޒިލް ފާއިތުވި 24 ގަޑިއިރު އިތުރު 3،545 މީހަކު ފައްސިވެ، އެގައުމުން މުޅި ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 501،985 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް ބްރެޒިލް އިން އިތުރު 30,102 މީހަކު މި ބައްޔަށް ފައްސިވިއެވެ. ބްރެޒިލް އަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހިފައިވާ ޤައުމެވެ.

ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 38 މީހަކު މަރުވެފައިވާއިރު، މި ބަލި ޖެހިގެން ޖުމްލަ 28،872 މީހަކު އެގައުމުން ވަނީ މިހާތަނަށް މަރުވެފައެވެ.

މިހާތަނަށް ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 205،371 މީހެކެވެ. އަދި މި ބައްޔަށް މިހާރު ފަރުވާދެމުންދާ 267،743 މީހުންގެ ތެރެއިން 8،318 މީހެއްގެ ހާލު ސީރިއަސް ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެއެވެ.

ބްރެޒިލް އަކީ އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު ކުރިޔަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ ލަފާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު