ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ނިސްބަތުން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ނުދަނީ ވައިރަހުގެ ބާރު ދެރަވެގެން ނޫންކަމަށާއި، އަދި ބަލި ފެތުރޭ ނިސްބަތް ވެސް ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައި ވަނީ ވައިރަހުގެ ބާރު ދެރަވެގެން ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން މިހެން ބުނީ ކޮވިޑް-19 ގެ ބާރު މިހާރު ދެރަވަމުންދާ ކަމަށް ބައެއް ޑޮކްޓަރުން ބުނަމުން ދަނިކޮށެވެ.

ރޭ ޑަބްލިއުއެޗްއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނަމް ވިދާޅުވީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދާއި ބަލާއިރު މަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުން ނުދަނީ އަދި ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައި ވަނީ ބައްޔާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތް ވަރުގަދަ ވުމުން ކަމަށެވެ.

ޓެޑްރޯސް ވިދާޅުވި ގޮތުގައި ފުރަތަމަ ކޮވިޑް-19 ފެތުރެން ފެށިއިރާއި އަޅައި ބަލާއިރު މިހާރު ބައްޔާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތް ވަރުގަދަ ވެފައިވާ ކަމަށެވެ. އެގޮތުން ގިނަ ގައުމުތަކުގައި ޓެސްޓު ކުރުން އިތުރުކުރެވި، އަދި ބަލި ޖެހޭ މީހުންނާއި، ބަލި ޖެހޭ މީހުންނާއި ގާތުންް ބައްދަލުވެފައިވާ މީހުން ވަކިކޮށް އެކަހެރި ކުރެވުމުގެ އިންތިޒާމްތައް މިހާރު ރަނގަޅުކަން އޭނާ ފާހަގަ ކުރެވިއެވެ. އޭގެ އިތުރުން ފަރުވާ ދިނުމާއި އަވަހަށް އޮކްސިޖަން ގުޅުން ފަދަ ކަންކަން ވެސް މިހާރު ކުރިއަށް ވުރެ ރަނގަޅުކަން ޓެޑްރޯސް ފާހަގަ ކުރެއްވެވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ އަދިވެސް އެކަކުގެ ކިބައިން ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުން ނުދާ ކަމަށެވެ. އަދި ގިނަ މީހުން އެއްވާ ތަންތަނުން ބަލި ފެތުރޭ މިންވަރަށް ވެސް ބަދަލެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައިންސް

    ކަލޭމެންނަށް އަދިވެސް މި ކޮވިޑަކީ ކޯއްޗެއްކަމެއް ނޭނގުނުތާދޯ.