ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން އެމެރިކާގައި މިހާރު ހިނގަމުން އަންނަ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ކަރުނަ ގޭސް ޖަހާ މަންޒަރަކީ އެއީ ރީތި މަންޒަރެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓެކްސަސްގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓްރަމްޕް ވަނީ މިނިއަޕޮލިސްގައި ފްލޮއިޑްގެ މަރާއި ގުޅިގެން ހިނގަމުން އަންނަ މުޒާހަރާއި މެދު އޭނާގެ ހިޔާލު ހިއްސާ ކޮށްފައެވެ.

"ހީވީ އެއީ އަޖައިބެއް ހެން. ހުރިހާ ކަމެއް ވަގުތުން ހުއްޓުނު. މިއީ ދުވަހަކުވެސް ހަނދާން ނެތިގެންދާނެ މަންޒަރެއް ނޫން. މިބުނީ އެއީ އެހާ ރީތި މަންޒަރަކަށް ނުވެދާނެ، އެކަމަކު އަހަރެން ހިތަށް އެމަންޒަރު ވަރަށް ރީތި." ޓްރަމްޕް ބުންޏެވެ.

އޭނާ ބުނެފައިވަނީ އެއީ ފުލުހުންގެ މައްސަލައެއް ނޫން ކަމަށާއި އެމީހުން ކޮށްފައިވަނީ އެމީހުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ކަރުނަ ގޭހުގެ އިތުރުން މުޒާހަރާ ހުއްޓުވުމަށް އިތުރު ވަސީލަތް ބޭނުން ކުރުމުން މުޒާހަރާގެ ބައިވެރިން ބައިބައި ވެގެން ގޮސްފައިވާ ކަމަށް އޭނާ ބުނެފައެވެ.

"އިއްޔެ ހަވީރާއި ހަމައަށް އަޑުއިވިގެން ދިޔައީ މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ އަޑު. އެ ސަރަހައްދުގައި އިތުރު ހަމަޖެހުމެއް ނުހިނގާ" ޓްރަމްޕް ބުންޏެވެ.

މީގެ އިތުރުން އޭނާ ވަނީ މުޒާހަރަތަކުގެ ބައިވެރިންނާއި ބައްދަލު ކުރާ ފުލުހުން އިތުރަށް އެމީހުންގެ ވިސްނުން ބޭނުން ކޮށް، އެގައުމުގައި ހިނގަމުން އަންނަ މަޝްރޫއުތަކަށް މުޒާހަރާގެ ސަބަބުން އަސަރު ނުކުރާނެ ގޮތަކަށް އަމަލު ކުރުމަށް އަންގާފައެވެ.

އަނިޔާވެރިކޮށް މަރާލާފައިވާ ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން އެމެރިކާގެ އެކި ހިސާބުތަކުގައި މުޒާހަރާ ފެށިފައިވަނީ މިދިޔަ މަހުގެ 25 ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކަލޭ ގަޔަށް ޖެހީމައި ވަރަށް ރީތި ވާނެ ދޯ؟

    72
  2. ބޮޓު

    ޓްރަމްޕު މަރުވާ ތަން ބަލާލުން ވެސް އޭއީ ވަރަށް ރީތި މަންޒަރެއް