ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ޔޫސުފް ރަޒާ ގީލާނީ ކޮވިޑް-19 އަަށް ފައްސިވެއްޖެ އެވެ.

ޔޫސުފް ރަޒާނީ ގިލާނީގެ ދަރިކަލުން ކާސިމް ގިލާނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބައްޕާފުޅު ކޮވިޑް-19 އަށް ފައްސިިވުމުގެ ޒިންމާ ނަގަން ޖެހޭނީ މިހާރުގެ ބޮޑު ވަޒީރު އިމްރާން ޚާން އާއި އެކައުންޓަބިލިޓީ ބިއުރޯއިން ކަމަށެވެ.

"އިމްރާން ޚާންގެ ސަރުކާރާއި ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއަށް ޝުކުރު ދަންނަވަން، ކަލޭމެން ކާމިޔާބު ކަމާއެކު ބައްޕަ ނުރައްކަލަށް ހުށަހަޅައިފި"

 

ޔޫސުފް ރަޒާނީ ގިލާނީއާ ގުޅޭ ކޮރަޕްޝަން މައްސަލައެއް ދަނީ ބަލަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު ވަނީ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯ އަށް ވަޑައިގަންނަވާފައެވެ.

މިދިޔަ ހަފްތާގައި ވަނީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރެއްް ކަމަށްވާ ޝާހިދު ޚައްގާންއަށް އައްބާސްވެސް ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަންހާމަ ނުކުރަން

    ތިކަހަލަ އުފާވެރި ހަބަރެއް މި ރާއްޖެ މީހުނަނަށް ލިބޭނީ ކޮން އިރަކުބާ؟

    4
    1
    • ކެނެރީބަގުވާނު

      ސަތޭކައިގެ ބަސްކޮޅެއް ބުރަދަރ