އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ގޮސް އިއްޔެ ފައްސިވިވި މީހުންގެ އަދަދު ފާއިތުވި 28 ދުވަހު މައްޗަށް ނުދާވަރަށް އިއްޔެ މައްޗަށް ހިނގައްޖެއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެމެރިކާ އިން 27924 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ އަކީ މެއި މަހުގެ 21 ވަނަ ދުވަހަށް ފަހު އެމެރިކާ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް މަރުވާ މީހުންގެ އަދަދު ކުރިއާއި އަޅައި ބަލާއިރު މަދެވެ. އިއްޔެ އެމެރިކާ އިން ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ 747 މީހުންނެވެ. އިއްޔެ އަކީ ފާއިތުވި ތިން ދުވަހު އެމެރިކާއިން އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި މިހާރު އަންނަނީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުންނެވެ. އެގޮތުން އިއްޔެ އަކީ ކެލިފޯނިއާގައި އެންމެ ގިނަ މީހުން މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި ފައްސިވި ދުވަހެވެ. އެއާއި އެކު ކެލިފޯނިއާގައި ވަނީ އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. މިހާރު ކެލިފޯނިއާ ގަވަރުނަރު ނިންމާފައި ވަނީ ބަންދުވެފައި ހުންނަ ހުރިހާ ތަނެއްގައި މާސްކް އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅާށެވެ.

ކޮވިޑް-19 އެމެރިކާގައި ފެތުރުން އިތުރުވެފައި ވީނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކެމްޕޭން އެއްވުން ކުރިން ވެސް ރޭވިފައި އޮތްގޮތައް ކުރިއަށް ދާނެ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޓްރަމްޕް މާދަމާ ކެމްޕޭން އެއްވުން ކުރިއަށް ގެންދާތީ ވަރަށް ބޮޑަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާައަންނި

    ތީހުސް ދޮގުހަބަރު.

    1
    2