މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުންނާ އެކު ޗުއްޓީ ދަތުރުފުޅަކަށް މިއަދު ގައުމުން ބޭރަށް ވަޑައިގަތުމަށް ނިންމަވާފައި ވަނިކޮށް، ގައުމުން ބޭރަށް ވަޑައިގެންނެވުން މަނާ ކޮށްފިއެވެ،

އެގައުމުގެ އިމިގްރޭޝަން އޮފިޝަލުން ނަޖީބު ގައުމުން ބޭރަށް ފުރާ ވަޑައިގަތުން މަނާކޮށްފައިވާ ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ނަޖީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މެލޭޝިއާގެ އިމިގްރޭޝަންއިން އޭނާއާއި އޭނާގެ އާއިލާ ގައުމުން ބޭރަން ފުރުން މަނާކޮށްފިކަމަށް އަންގައިފި ކަމަށާއި އެ އެންގުމަށް އިހުތިރާމު ކޮށް، ވިދާޅުވިފަދައިން ގައުމުގައި މަޑުކުރާނެކަމަށެވެ.

މިދިޔަ ބުދަ ދުވަހު ވަނީ އެގައުމުގައި ބޭއްވި އާންމު އިންތިހާބުން ނަޖީބު ނިސްބަތްވެވަޑައިގަންނަވާ ބަރިސަން ނޭޝަނަލް ކޯލިޝަންއިން ބަލިވެފަ އެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފައިވާއިރު އިންތިހާބުން ނަޖީބުގެ ސަރުކާރު ވެސް ވަނީ ބަދަލުކޮށްފައެވެ.

ހިޔާނާތުގެ މައްސަލަތަކުގެ ތެރޭގައި 2015 ވަނަ އަހަރު ސަރުކާރުގެ އިންވެސްޓްމެންޓް ފަންޑަކުން 700 މިލިއަން އެމެރިކާ ޑޮލަރު ނެންގެވި ކަމަށް ނަޖީބުގެ މައްޗަށް ތުހުމަތު ކުރެވިފައިވި ނަމަވެސް ނަޖީބު ގެންދަވަނީ އެ ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ.

މެލޭޝިއާ ސަރުކާރުގެ އިންވެސްޓްމަންޓް ކުންފުނި މެލޭޝިއާ ޑިވެލޮޕްމަންޓް ބަރްހާދް (ވަންއެމްޑީބީ) އިން ގެއްލުނު ފައިސާ އަނބުރާ ހޯއްދަވާނެ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން ކަންކަން ހިންގަވާ އަލުން މެލޭޝިއާގައި ގާނޫނު ހުކޫމަތު ދަމަހައްޓަވާނެ ކަމަށްވެސް މަހާތީރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.