ރޭ އެތައް މުސްލިމުންނެއްގެ ނިދި ނަގާލީ ލުބްނާންގެ ވެރިރަށް ބެއިރޫތުގައި ހިނގި ނުރައްކާތެރި ގޮވުމުގެ ހާދިސާގެ ވާހަކަތަކާއި އެކުގައެވެ. އެތައް ބަަޔަކު މަރުވެ، އެތައް ހާސް ބަޔަކަށް ބޮޑެތި ޒަހަމްތަށް ލިބުނު މި ހިތާމަވެރި ހާދިިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު މިހާތަނަށް އަދި އެނގޭކަށް ނެތެވެ.
ނަމަވެސް މިހާތަނަށް ލިބެން ހުރި މަދު ވީޑިއޯ ކޮޅާއި، މަންޒަރު ދުށް މީހުންގެ ވާހަކަތަކުން ގުޅުވާލެވޭ ވާހަކަތަކެއް އެބަހުއްޓެވެ. އެ މަސްދަރުތަކުން ލިބޭ މައުލޫމާތުގެ އަލީގައި މި ހާދިސާ އާއި ގުޅޭ ބައެއް ހަގީގަތްތައް އެބަހުއްޓެވެ.
ދެހާސް ފަސްވަނަ އަހަރު ލުބްނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީގް އަލް ހަރީރީ މަރާލަން ދިން ހަމަލާގައި އެކްސްޕާޓް ވިޓްނެސްއެއްގެ ހައިސިއްޔަތުން ބައިވެރިވި ހަންޓާ ވަނީ ރޭ ބެއިރޫތުގައި ހިނގި ގޮވުންތަކުގެ ވީޑިއޯ ފުޓޭޖް ބަލާލާފައެވެ.
އެ ފުޓޭޖްތަކާއި މެދު އޭނާ ފާހަގަކުރި ކަންކަމަކީ މި ހުރީއެވެ.
1) ރަތް، ހުދު އަދި ފިޔާތޮށި ދުމަކީ އެއީ ބަޑިބޭސް ނުވަތަ ވަޒަން ފަދަ އެއްޗަކަށް ވުން ނާދިރުަ
އާއްމުކޮށް ގޮވުމެއް ގޮވުމުން އުފެދެނީ ދެ ވައްތަރެއްގެ ދުމެވެ. އެއީ ހުދު ނުވަތަ ކަޅު ދުމެވެ. އެއީ ކަޅު ދުމެއް ކަމަށް ވާނަމަ އެއީ ނިރުބަވެރި ހަމަލާތައް، ނުވަތަ ބޮން ފަދަ އާލާތްތައް ބޭނުންކޮށްގެން ދިން ހަމަލާއެއް ކަމަށް ބެލެވެއެވެ. އެއީ ބާރުގަދަ އާލަތްތައް ބޭނުންކޮށްގެން ގޮއްވާލާ ގޮއްވުންތަކެވެ. އެއާއި ޚިލާފަށް ހުދު ދުން އުފެދެނީ ބާރުދަށް ގޮވުމުގެ އާލާތްތައް ބޭނުން ކުރުމުންނެވެ.
މިކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ހަންޓާ ބުނީ ރަތް ކުލައިގެ ދުން އުފެދުނީ އަލިފާނުގެ ސަބަބުން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އެހެންނަމަވެސް އެއީ ކުލަ ނުވަތަ ފަރުނީޗަރު ފަދަ އެއްޗެއް ގޮޮވުމުން ވެސް ވެދާނެ ކަމެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި އެއީ އެ ހިސާބުގައި ހިރަފުސް ގިނަވުމުން ވީ ގޮތެއް ކަމަށްވެސް ވެދާނެ ކަމަށް އޭނާ ބުންޏެވެ.
"ބޮޑެތި ގޮވުންތަކާއި އެކު ލޮޅުން އަންނަ މިންވަރުވެސް އިތުރު. އެންމެ ފުރަތަމަ ވެސް އަހަންނަށް ބެލެވުނީ އެއީ ބަޑި ބޭހެއް ނޫނޭ. ނޫނީ ވަޒަން ކަހަލަ އެއްޗެއް ވެސް ނޫނޭ އެހިސާބުގައި ގޮވީ އެއަށް ވުރެ ބާރުދެރަ އެކަމަކު ގިނަ އެއްޗެހިތަކެއް ކަމަށް ބެލެވޭ." ހަންޓާ ބުންޏެވެ.
2) ގޮވީ، އެއްޗެއްގައި ރޯވެގެން ކަމަށް ވެސް ވެދާނެ
ހަންޓާ ބުނާގޮތުން އަލިފާން ހިފާ ޒާތުގެ ކުނޑި ނުވަތަ ހިކި އެއްޗެއްގައި ރޯޗެއްޖެ ނަމަ ހިރަފުހާއި ވަޔާއި އެއްވެގެން ގޮވުމެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ.
އެެގޮތުން ހަކުރު، ފުށް ދަނޑު ފަދަ ތަންތަނުގައި ރޯވުމުން އެފަދަ ގޮވުންތައް މެދުވެރިވާކަން ހަންޓާ ފާހަގަކުރެއެވެ. މިހާދިސާ އަށް ބަލާލުމުން ބެއިރޫތުގެ ގޮވުން ހިނގި ހިސާބުގައި އެފަދަ އެއްޗެއް ގިނައިން ހުރުން އެކަށީގެންވާ ކަމަށް އޭނާ ކިޔާދިނެވެ.
3) ގޮވުންތައް ގޮވި ހިސާބުގައި ގޮވާފާނެ ތަކެތި ހުރި، ގޮވާއެއްޗެއްސެއް ނެތް
ލުބްނާނުގެ ދާހިލީ ސަލާމަތާއި ގުޅޭ ސެކިއުރިޓީ ޗީފް ބުނީ ބެއިރޫތު ގޮވުން ހިނގި ހިސާބުގައި ގޮވުންތައް ގޮއްވަން ބޭނުން ކުރާ ޒާތުގެ އެއްޗެއްސެއް ނުހުންނާނެ ކަަމަށެވެ. އެހެންނަމަވެސް އަލިފާނނުގެ ހާދިސާއެއް ހިގައިފި ނަމަ ގޮވާފާނެ ޒާތުގެ ތަކެތި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
މިސާލަކަށް އެ ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކުގެ އޮކްސިޖަން އަކީ ހޫނު ވުމުން ގޮވާ އެއްޗެއްކަން އޭނާ ފާހަގަކުރިއެވެ.
ހަންޓާ ބުނީ ގޮވާ ޒާތުގެ ތަކެއްޗަކީ ޕްރެޝާ އިތުރުވުމުން ގޮވުމުން ކުރާ އަސަރު އިތުރުވާ އެއްޗެހި ކަމަށެވެ. އެހެންކަމުން ބެއިރޫތު ގޮވުމުގެ އަޑު އެހާ ގަދަވެފައި އެ ގޮވުން އެހާ ބާރުގަދަވި ސަބަބަކީ އެއީ ކަމަށް ވުން އެކަށީގެންވާ ކަމެއް ކަމަށް އޭނާ ބުނެއެވެ.
4. އަލިފާން ނިއްވަން ހަރަކާތްތެރިވި ބައެއް މީހުން ވަނީ ގެއްލިފައި
އަލިފާން ނިއްވުމުގެ މަސައްކަތަކީ ގޮތް ނޭނގޭ ނުރައްކާތެރި މަސައްކަތެކެވެ. އެ މަސައްކަތުގައި އުޅޭ އިރު ބޮޑެތި އަނިޔާ ވުމާއި، ފުރާނަ ގެއްލުން ފަދަ ކަންކަމަކީ ދިމާވެދާނެ ކަންކަމެވެ. މި ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ބައެއް އަލިފާން ނިއްވާ މީހުން ވަނީ ގެއްލިފައެވެ. އެއީ އިތުރު ހުޅުޅުގަނޑެއްގެ އަސަރުކޮށްގެންތޯ ނޫނީ ދުމުގެ އަސަރުކޮށްގެން ވީ ކަމެއްތޯ، ނޫނީ އެ މީހުން ތަނެއްގައި ތާށިވީތޯ އަދި ނޭނގެއެވެ. ބެއިރޫތުއަކީ ބައިބޯ ހިސާބެކެވެ. އެހެންކަމުން މީހުން ސަލާމަތް ކުރުމާއި އަލިފާން އަލުން ހިފިޔަ ނުދީ ހޫނު ކޮންޓްރޯލް ކުރުމުގައި ވަނީ ދަތިތަކާއި ދިމާވެފައެވެ.
ތިޔައީ އީރާން ނުވަތަ އެމެރިކާ އަޑީގައި އޮވެގެން ދުރާލައި ރޭވިގެން ދިޔަ ހަމަލާއެއް ކަމަށް ބެލެވޭ.. އަލިފާނުގެ ހޫނުން ގޮވާ ޒާތު ތަކެތި އެހާ ގިނައަދަދަކަށް ހުރި ސަރަހައްދެއްގައި އަލިފާން ގެންގުޅެން ހުއްދަދީފައިވަނީތޯ، ނޫނީ ޗިފު ލެ ސް ބޯއީ އެއް ލައްވައި ބަޔަކު ކުރުވި ކަމެއްތޯ.
އީރާންގެ އަތެއްނޯންނާނެ...އިޒްރޭލް ގެ އަތެއް އޮވެދާނެ...ސަބަބަކީ ލުބުނާން ކޮންޓްރޯލް ކުރަނީ އަސްކަރީ ގޮތުން މުޅިދުނިޔޭގެ އޮތްއެންމެ ބާރުގަދަހަނގުރާމަވެރި ޖަމާއަތްކަމަށްވާ
އީރާނުގެ މަލިޝާ މިލިޓެންޓްގުރޫޕް ހިޒްބުﷲ ގޮރިއްލާފައިޓަރުންކަމަށްވާތީ
ތިބޭފުޅާގެ ޗިޕު ލެސް ކަމާއެވެ.
ޗިޕްލެސްއީ ކަލޭ ތަންދޮރު ނުދަންނަ މީހާ ކަލޭއަށްވުރެ މާރަނގަޅައް ދުނިޔެޔޭގެ ހަބަރުދިރާސާކުރާ އެކްސްޕާޓެއްމީ..ތިކޮމެންޓުގައި ތިއޮތީ އީރާނުގެ އަތެއްނުވާނެކަމުގެ ހެކި ގަމާރާ
ޗިޕްލެސް ކިޔަން ޖެހުނު ސަބަބަކީ ކޮބާ..އަނެއްކާ އިސްރާއީލައް ތާއީދު ކުރާމީހެއްބާ
ދިރާސާ ހާދަމޮޅެ. ލުބުނާނު ސަރުކާރުން ބުނާއެއްޗަކަށްވުރެންވެސް ދިރާސާގެ ހޯދުންތައް މޮޅެ.
ބެއިރޫޓަކީ ފަތުރުވެރިންގެ މަންޒިލެއް...ސަރުކާރަށް އާމްދަނީލިބޭ އެންމެބޮޑުއެއްމަގު...ދެވަނަކަމަކީ ކޮވިޑް19 ބެއިރޫޓް އެތެރޭގައި އޮތުން...ތި ގޮވުމުގެ
ސަބަބުން ފަތުރުވެރިން ފަސްޖެހި ބެއިރޫޓައްދާން ބިރުގަންނާނެ ދެވަނަކަން ވޭދަނެކޭސްތައްގިނަވެ
ލުބުނާނުގެ ހާލަތުގޯސްވުން ވިސްނާލިކޮންމެމީހަކަށް
ނޭގިދާނެ ސިނކުޑީގެތެތްކަމެއް ހުރިމީހެއްކަމުގައި
ވާނަމަ ވިސްނޭނޭ އިސްރާއީލުގެ އަތެއްކަން
މާތް ﷲ ލައުނަތް ލައްވާފައިވާ އިސްރާއީލު ކޮށްފާނެކޮންމެފަދަކަމެއްވެސް ﷲގެ ނަބިއްޔާ މޫސާގެފާނު ބޮޑެތި މުއުޖިޒާތް ތި އިޒްރޭލުންނަށް ދެއްކިއިރުވެސް އީމާނެއްނުވި...
ފާއިތުވީ 3 ހަފްތާގައި އިސްރާއީލާއި ލެބަނަންގެ ހިޒްބުއްލޯ ޖަމާޢަތުގެ މެދުގައި ނުތަނަވަސްކަމެއް އުފެދި ހަމަލާ ބަދަލުކުރެވިފައިވޭ..އަދި ނަތަންޔާހޫ އދ ގެ މަޖިލީހެއްގައި ބެއިރޫތުގެ ޕޯޓްގައި ގޮވާއެއްޗެހި ހިޒްބުއްލޯ ޖަމާއަތުން ރައްކާކުރާކަމަށް ވަނީ ބުނެފައި..
އެއްވެސް ސަބަބަކާއި ނުލާ ގާޒާގެ މެދުތެރެއާއި ދެކުނަށް މީގެ 04 ދުވަސް ކުރިން އިސްރާއީލުން ހަމަލާ ދިނީ ބެއިރޫތަށް ދޭން އުޅޭ ހަމަލާ އާއި ގުޅުމެއް ނެތްކަމަށާއި އެމީހުން ފޯކަސް ހުރީ ގާޒާއަށް ކަމަށް ދެއްކުން..ލެބަނަންގެ ފަލަސްތީނު ދަރިކޮޅު މީހުން ގިނަވާނެ..
ބޮޑަށް ބެލެވެނީ ސިޔާސީ ސްޓަންޓަކަށް ޓަކައި ލެބަނަންގެ އެތެރޭގެ އެހީ ތެރިކަމާއިއެކު މޮސާޑުގެ ހަމަލާއެއް ކަމަށް...ސިއައީންގެ މައިގަނޑު މީހުންނަކީ ހަޤީޤީ މުސްލިމުންނެއް ނޫން..ނަމަވެސް މުސްލިމުން ދުނިޔޭގެ ގުނަނީ އެމީހުންނަކީ މުސްލިމުންގެ ގޮތުގައި..އިރާން އެއީ ޝިއައީންގެ މައިތަން...
ނަމަވެސް ޔަހޫދީންނާއި ނަސާރާއިންނަކަށް ތާއީދެއް ދުވަހަކުވެސް ނުކުރާނަން އަދި މާބޮޑު ގައުމީ ލެވެލެގެ ގުޅުމަކަށް ތާއީދެއް ނުކުރެވޭނެ..
ކޮންކުލޫޝަންއަކީ މިކަމަކީ އިސްރާއީލްގެ މޮސާޑުގެ ހަމަލާއެއް ނަމަވެސް ސޮލިޑް އެވިޑެންސެއް އަދި ނުފެނޭ..
ޙަމަލަގައި މަރުވި މުސްލިމުންނަށް ޝަހީދުންގެ ދަރަޖަ ދެއްވާންދޭ..ޢާމީން
ތިތަނުގަ ޔުރޭނިއަމް ރައްްކާކޮއްފަހުރީކަމަށްވެސްވެދާނެ އެހެންނޫނަމަ ތިފަދަބާރުގަދަ ގޮވުމެއްގޮވާއިރު ވިއްސައިގެންދާފަދަ ޝޮކްވޭވް ނުއުފެދޭނެ