ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުން އޭނާއަށް ނާކާިމޔާބު ވެއްޖެނަމަ ޗައިނާއިން އެމެރިކާއަށް ވެރިވެގަންނާނެ ކަމަށް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން އަންގާރަ ދުވަހު ޓްރަމްޕް ބުނެފައި ވަނީ، ދެވަނަ ދައުރެއް އޭނާއަށް ވެރިކަމުގައި ހުރުމަށް ލިބުމަކީ އެމެރިކާ އަށް ކޮންމެހެން ވެސް މުޙިންމު ކަމެއް ކަމަށެވެ. އަދި އެއީ އެޤައުމުގެ އިސްތިޤުލާލާއި ގުޅުންހުރި ކަމެއް ކަމަށްވެސް ޓްރަމްޕް ވަނީ ސިފަކޮށްފައެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަ ދައްކަމުން ބުނެފައިވަނީ، ދެން އަންނަ ދައުރަކަށް ނުހޮވި މިފަހަރުގެ އިންތިޚާބުން އޭނާ ނާކާމިޔާބު ވެއްޖެނަމަ އެމެރިކާގެ ރައްޔިތުން ޗައިނާ ބަހުން ވާހަކަ ދައްކަން ވެސް ދަސްކުރަން ޖެހޭނެ ކަމަށެވެ. ވެރިކަމުގައި އޭނާ ނެތްނަމަ ޗައިނާއިން އެހާވަރަށް އެމެރިކާއަށް ބާރު ފޯރުވާނެ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

ޓްރަމްޕް ބުނެފައިވަނީ އިންތިޚާބުގައި އޭނާ އާއި ވާދަކުރާ އެމެރިކާގެ ކުރީގެ ނައިބު ރައީސް، ޖޯ ބައިޑެން އަކީ ޗައިނާ އާއި މެދު ބަހެއް ވިދާޅުވާން ކެރިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. އެހެންކަމުން ޗައިނާ އިން އެމެރިކާއަށް އަތްގަދަކުރާއިރު ވެސް އެކަމާއި މެދު ފިޔަވަޅު އަޅުއްވަން ބައިޑަށް ޖެހިލުންވާނެ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

ޒަމާނުއްސުރު ގުޅުން ގޯސް ޗައިނާ އާއި އެމެރިކާގެ ގުޅުން އިތުރަށް ގޯސްވެ ބޮޑު ދެ ހަތުރުންނަށް ވެފައި ވަނީ ޓްރަމްޕްގެ ވެރިކަމުގައެވެ. ޓްރަމްޕް ވަނީ އެކި ރަސްމިއްޔާތުތަކުގައި ޗައިނާގެ ވެރިންނާއި އެޤައުމުގެ ރައްޔިތުންނަށް ބަދު ބަސްތައް ރައްދުކޮށް ދެޤައުމުގެ ގުޅުން ހީނަރުވާފަދަ އެތައް ވާހަކައެއް މީގެ ކުރިން ދައްކާފައެވެ.

ހަމަ އެހެންމެ އެމެރިކާގައި ހިންގާ ޗައިނާގެ ވިޔަފާރިތަކަށް ވެސް ހުރަސް އަޅައި، ބައެއް ބޮޑެތި ކުންފުނިތައް ހުއްޓުވައި ޗައިނާއަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތައް ޓްރަމްޕްގެ ސީދާ އެންގުމަށް އެމެރިކާއިން އަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބޯކިބާ

    އަޖައިބެއްނުވާނެތަ ޗައިނާމީހުންވެސް ކަލޭމެންގެ ބަސް ދަސްކޮށްގެން އެބަ ވާހަކަދައްކާ، ކަލޭމެން ޗައިނާބަސް ނޫނީ އިންޑިއާބަސް ދަސްކޮށްގެން ވާހަކަދެއްކުމުގަ މައްސަލައަކީކޮބާތަ. އެއީ ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައޭ، ކަލޭމެންތީ 5 ޕަސެންޓޭ.

    28
  2. ޏަމް

    ޓުރަމްޕެކޭ މިރާއްޖޭގަ މިހުންނަ ބުއްޅަބެއެކޭ ސިކުނޑީގެހަމަތަކުން ބަލާއިރު އެއްގޮތް.

    41
    2
  3. ސޮމެޮނެ

    ޗައިނާ އާއިމެދު ދެކޭގޮތް ދާދިއެއްގޮތް! މިއީ އެއްރާއްސެއްގެ ދެގޮލާ ތޯއްޗެ...

    29
  4. މަނިކ

    މިވެސް ދުނިޔެ މަ ކަރާޖަހައިގެން ކާންއުޅޭ މީހެެް

    13
  5. އަހްމަދު

    ރަނގަޅު 3ވަނަ ދައުރަކަށް ކުރިމައްޗެއް ނުލެވޭނެ. އެހެންވިއްޔާ ދެވަނަ ދައުރުގެ ފަހުން ޗައިނާ އެމެރިކާއަށް ވެރިވާނެތާ؟

    13
    1
  6. އެމަންޖެ

    ދެން އަންނި ބުނެފާނެ އޭނަ މިގައުމު ނުހިންގަންޏާ ޗައިނާ މިގައުމައްވެސް ވެރިވާނޭ ، މިހާރު ވެރިކަން ކުރަމުން އެދަނީ އިނޑިޔާއައް ގައުމު ވިއްކަމުން.

    12
    1
  7. މުސަ

    އިރާދަ ކުރެއްވިއްޔާ ޓްރަމްޕް ފެއިލްވެގެެންދާނީ

    16
  8. ކީލި

    ތިމާ ވަރު މީހަކު ނެތިގެން އުޅޭ ބޮޑާ 2 މީހުން.
    ޓްރަންޕެއް މިފަރު ނުހޮވޭނެ ! ޗައިނާ އެމެރިކާ އެއްވެސް ނުހިފާނެ . ދެން ލަލާ........ ަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

    13
  9. ރާފިޢު

    ޏަމް ތިބުނީ ހެޔޮކޮށް ކިޔޭ ނުކިޔޭއެއް ނޭންގޭ މިމީހުންނަށްކަށް އަބަދުވެސް ހިނދުކޮޅުއައިސްސަ ހުންނަ ބުރާންޗެއް މީ

    16
  10. ދާއިން

    ރަޝިއާވެސް ބޭނުންވަނީ އަމިއްލަފައިދާ ޓްރަމްޕު 2016ވަނަ އަހަރު ވެސް ހޯދީ ބޮޑެތިމަކަރުތައްހަދައިގެން.. ރަޝިއާ އަޑީގައިއޮވެގެން އެތެއް ތަނެއް ހެކްކޮށްގެން...މިފަހަރުވެސް ރަޝިއާ މީނާ ހޯދުމައް ބޫސްޓްކުރާނެ އަނެއްކޮޅުން ޗައިނާ އާއި އީރާން މީނާ ފެއިލްޑްކުރުމަށް އެކަތިގަނޑަކަށް ވެފައޮތީ... ރަޝިއާ އާއި އެމަރިކާ ވޭސް ޗައިނާ އާއި އީރާން ވާގޮތެއްބަލަމާދޯ

    10
    1
  11. ޢަލީ

    މީ ކެނެރީގޭ ނަޝީދު، އެކަހަލަ މަކަރުވާހަކަ ދައްކައިގެން ރައްޔިތުންގެ ބޯކައިލައިގެން ވެރިކަމަށް އައިސް ހަރާމް ކުރާކަމެއް ރައްޔިތުންނާ ގައުމު ބިކަވުން ނޫންކަމެއްނުކުރެވޭ، އެކަމަކު އަމިއްލައަށް މަޝްހޫރުވާން ފާޑުފާޑުގެ މޮޅެތި ގޭމްތައް ޖައްސަާނެ، މީ ހާމަ އެކެޓަގަރީގެ ގޮލައެއް

    7
    1
  12. ބޮމް ޓްރަމްޕް

    ތިއީ ކެ ރަފާ ނަޝީދުގެ ބަސްދޯ ރާއްޖޭގެ ވެ ރިކަންމަށް ދަވެތިވީ އެމްޑީޕީ ހަކު ރުބޯތައް ވެސްބުނީ ހަމަތިހެން އެކަމަކު މިވީކިހިނެއް ރާއްޖޭގެ 4-ބިތުގައި ވަކިހިއްޕާލާފައި މިހާ ރރުއެތިބީ ޗައިނާބާ ކޮބާތަ ރައީސްޔާމީން ޗައިނާއަށް ވިއްކާލި ރައްތައް ޗައިނާމީހުންތަ އެތިބީ އައްޑުގައި ރައީސްޔާމީންގެ ވެ ރިކަމުގައި ރާއްޖެއި ފައިބާށޭބުނީމަ ނުފައިބަން ގަދަހަދަފައިވިއްދާފަ އެތި ބީޗައިނާ މީހުންދޯ!

    6
    1