އަވައްޓެރި ސްރީލަންކާގެ އިރުމަތީ ޕްރޮވިންސްގެ ސިޓީއެއްގައި އޮންނަ ކޯރެއްގެ ތެރެއިން މަންމައަކާއި އޭނާގެ ތުއްތު ދަރިފުޅު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

އުމުރުން 30 އަހަރުގެ އެ އަންހެން މީހާ އާއި އޭނާގެ އުމުރުން ހަތަރު އަހަރުގެ އަންހެން ދަރިފުޅު ފެނިފައިވަނީ، ދެހިއައްޓަކަނޑިޔަ ސިޓީގެ މެދުތެރޭގައި އޮންނަ ކޯރެއްގެ ތެރެއިންނެވެ.

އިއްޔެގެ މެންދުރުގެ ވަގުތެއްގައި އެ އަންހެން މީހާއާއި އޭނާގެ ދަރިފުޅުގެ ހަށިގަނޑު އެ ކޯރުގެ ތެރޭގައި އޮއްވައި ޢާންމުންގެ ބަޔަކަށް ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން މިހާރު ފުލުހުން އެ ސަރަޙައްދު ބަންދުކޮށް ޚާއްސަ ތަހުޤީޤެއް ފަށާފައިވާއިރު، އޮފިޝަލުންނާއި ޙަވާލާދީ ބައެއް ނޫސްތަކުން ބުނީ އެދެމީހުން މަރުވީ ގެނބިގެން ކަމަށް ބެލެވޭ ކަމަށެވެ.

އެ އަންހެން މީހާ އާއި އޭނާގެ ތުއްތު ދަރިފުޅު ފެނުނުއިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް މި ހާދިސާ އާއި ގުޅިގެން އިތުރު މަޢުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު