އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕް އާއި ފަސްޓް ލޭޑީ މިލާނިޔާ ޓްރަމްޕް ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އަވަސް ޝިފާއަކަށް އެދިވަޑައިގެން އިންޑިއާގެ ބޮޑުވަޒީ ނަރެންދުރަ މޯދީ ޓުވީޓެއް ކުރައްވައިފިއެވެ.

މޯދީގެ ޓުވީޓުގައި ވިދާޅުވީ ޓްރަމްޕާއި ފަސްޓްލޭޑީ މިލާނިޔާ ޓްރަމްޕަށް އަވަސް ޝިފާއަކަށް އެދޭ ކަމަށާއި އަދި ރަނގަޅު ސިއްހަތަކަށްވެސް އެދޭ ކަމަށެވެ.

މޯދީ ޓުވީޓު ކުރައްވާފައި ވަނީ ރައީސް ޓްރަމްޕް އާއި އަންހެނުން މިލާނިޔާ ޓްރަމްޕް ކޮވިޑަށް ފައްސިވިކަން ހާމަކުރައްވައި ޓުވީޓު ކުރެއްވިތާ ގަޑިއިރެއް ފަހުންނެވެ. ޓަރަމްޕް ޓުވީޓު ކުރެއްވިތާ މާގިނަ އިރެއް ނުވެ މެލާނިޔާ ޓްރަމްޕުވެސް ވަނީ ޓުވީޓެއް ކުރައްވައިފައެވެ.

މެލާނިޔާގެ ޓުވީޓުގައި ވިދާޅުވީ ކޮވިޑަށް ފައްސިވުމުން ޓްރަމްޕާއި އޭނާ ކަރަންޓީނުގައި ގޭގައި މަޑުކުރަށްވައިގެން ތިބީ ކަމަށާއި ދެބޭފުޅުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި ކުރިޔައަ ރޭވިފައި ހުރި ހުރިހާ ހަރަކާތްތަކެއްވެސް ފަސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުރިހާ ރައްޔިތުންވެސް ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ޓަރަމްޕް ކޮވިޑަށް ފައްސިވި އިރު އެމެރިކާގެ އިދިކޮޅު ލީޑަރު ޖޯއި ބައިޑެން ވަނީ އެ ގައުމުގައި ހަތް މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ވިދާޅުވެ އެޤައުމުގެ ރައީސް ގެ އެއްވެސް ޕްލޭނެއް ނެތްކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑު ކިޔައިފަެއވެ.

ކޮވިޑް-19 އަކީ މީހާގެ ފުރާނައާއި ގުޅުންހުރި ނުރައްކާތެރި ބައްޔަކަށްވާ އިރު މި ބަލި ޖެހެނީ އެންމެ ގިނައި ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ ފަރާތްތަކަށެވެ. އެހެންކަމުން ޓްރަމްޕް ހިމެނިވަޑައިގަންނަވާނީ ބަލީގެ ނުރައްކާ އެންމެ ބޮޑު ދަރަޖައިގެ މީހުންގެ ތެރެއިންނެވެ. ޓަރަމްޕުގެ އުމުރަކީ 74 އަހަރެވެ. އޭނާ އަކީ ސިއްހަތަށް އެހާ ބައްލަވައިގެން އުޅޭ މީހެއްވެސް ނޫނެވެ.

ދުނިޔޭގެ އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައި ވަނީ އެމެރިކާއިންނެވެ. އަދި ދެވަނައަށް އެންމެ ގިނަ މީހުން ފައްސިވީ އިންޑިއާއިންނެވެ. އިންޑިއާއިން ވަނީ ހަ މިލިއަން މީހުން ކޮވިޑަށް ފައްސި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯދީ

    ދުނިޔޭގެ ނުލަފާ މީހުނަން ޖެހޭނެ ހުރިހާ ނުބާކަމެއްވެސް އަދި ތިޔަ އިންޑިޔާގެ ގޮރި މޯދީއަށްވެސް ވާނީ ޖހަމަ ތިހެއް އިންޑިޔާ އައުޓް