އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން "އެކްސްޕެރިމެންޓަލް އެންޓި ބޮޑީ" ހަދައިފިއެވެ.

ޓްރަމްޕުގެ ހަށިގަނޑުން ކޮވިޑް-19 ގެ ބައެއް އަލާމާތްތައް ފެންނަން ފެށުމާއެކު އޭނާ މިހާރު ވަނީ "ވަލްޓަ ރީޑް މިލިޓެރީ މެޑިކަލް ސެންޓަރު"ގައި އެޑްމިޓްކޮށްފައެވެ. "ސީއެންއެން" އަށް މުއުތަބަރު ފަރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕުގެ ހަށިގަނޑުން ދަނީ މި ބަލީގެ ސަބަބުން ވަރު ދެރަ ވަމުންނެވެ.

ޓްރަމްޕުގެ ފިޒީޝިއަން ވަނީ ޓްރަމްޕްގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ. އަދި އެޑްމިޓް ކުރުމަށް ފަހު ރިމްޑީސްވިއަ ތެރަޕީގެ އިތުރުން އެންޓިވައިރަލް ބޭސް ޓްރަމްޕަށް ދީފައިވާކަން ހާމަކޮށްފައިވެއެވެ.

ޓްރަމްޕަކީ އުމުރުން ދޮށިވުމުގެ ސަބަބުން ކޮވިޑް-19 ގެ ހައި ރިސްކު ގިންތިއަށްވެސް ފެތޭ މީހެކެވެ.

ޓްރަމްޕަށް ކޮވިޑް-19 ޖެހިފައި ވަނީ އޭނާގެ ސީނިއަ އެޑްވައިޒަރު މި ބައްޔަށް ފައްސިވުމާއެކުއެވެ. ޓްރަމްޕުގެ އަނބިކަނބަލުން ވެސް ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އޭނާގެ ހަށިގަނޑުން މި ބަލީގެ އަލާމާތްތައް ފެންނަމުން ދިޔަ ނަަވެސް ވައިޓް ހައުސް އިން ވަނީ ޓްރަމްޕުގެ ހަށިގަނޑުން ފެންނަ އަލާމާތްތައް ހާމަނުކޮށް ސިއްރުކޮށްފައެވެ. ސީއެންއެން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ފަސްޓް ލޭޑީ މެލޭނިއާ ޓްރަމްޕްގެ ހާލަށްވުރެ ޓްރަމްޕުގެ ހާލު ވަރަށް ބޮޑަށް ދެރައެވެ.

އަދި އެމެރިކާގެ އާންމު ފަރާތްތަކުން "އެލާމަށް" އަންނަ މިންވަރާއި ގާތަށްވެސް ޓްރަމްޕުގެ ހާލު ދެރަވެފައި ނުވާ ކަމަށް ވައިޓް ހައުސް އިން ވަނީ ރިޕޯޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Meme

    Avas shifaa akah edhen. Kithenme nubaa viyas.