އިސްރާއީލްގެ އެންވެރޮމެންޓް ޕްރޮޓެކްޝަން މިނިސްޓަރ ގިލް ގަމްލެއިލް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އޭނާ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މިއަދު އެވެ. ގަމްލެއިލް ކޮވިޑް-19 އަށް ފައްސިވިކަން ކަށަވަރުކޮށް، ވަނީ ޓްވީޓެއް ކޮށްފައެވެ.

އެ ޓްވީޓްގައި އޭނާ ބުނެފައި ވަނީ، އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

"އަދި އުއްމީދު ކުރަނީ އަވަހަށް ބަލިން ރަނގަޅުވުން". ގަމްލެއިލްގެ ޓްވީޓްގައި ވެއެވެ.

ގަމްލެއިލް އާއެކު އިސްރާއިލްގެ ވަޒީރުންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވި މިނިސްޓަރުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ.

މިދިޔަ ހުކުރު ދުވަހު ގަމްލެއިލް ވަނީ އާއިލާއެެކު ވަގުތު ހޭދަކޮށް، ނަގާފައިވާ ފޮޓޯތަކެއް އާއްމުކޮށްފައެވެ.

މިދިޔަ މަސް ތެރޭގައި އިސްރާއިލްގެ މިނިސްޓަރ އޮފް އިމިގްރޭޝަންވެސް ކޮވިޑް-19 އަށް ފައްސިވިއެވެ. އަދި ޖެރުސަލެމް އެފެއާޒް މިނިސްޓަރާއި ކުރީގެ ހައުސިންގ މިނިސްޓަރވެސް ކޮވިޑް-19 އަށް ފައްސިވިއެވެ.

އިސްރާއީލަކީ ދުނިޔޭން 24 ވަނައަށް ކޮވިޑް-19 އަށް އެންމެ ގިނަބަޔަކު ފައްސިވި ގައުމެވެ. އެ ގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 265,086އަށް އަރާފައެވެ. އަދި އެ ބަލީގައި 1,692 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު