ކޮވިޑް-19ގެ ވޭދަނައެއް ފެނުމާއި ގުޅިގެން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިސް ބަންދު ކޮށްފިއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލިސް ބަންދު ކޮށްފައިވަނި އެތަނުގައި މަސައްކަތް ކުރާ ފުލުހުންގެ އޮފިސަރު ކޮވިޑް-19 އަށް ފައްސިވުމުން ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލޫީހުގެ ސާޖެންޓް އެޓް އާމްސް ނަރެންދްރަ ފަނާންޑޯ އާއި ހަވާލާދީ އަލްޖަޒީރާ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ލަންކާގެ ގާނޫނު ހަދާ މަޖިލިސް ބަންދު ކޮށްފައިވަނީ ދެ ދުވަހުގެ މުއްދަތަކަށެވެ. އަދި މިހާރު ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި އެތަން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ނޫހުން ވަނީ ބުނެފައެވެ.

ފަނަންޑޯ ބުނީ، ފައްސިވެފައިވާ އޮފިސަރާއި ކައިރިން ބައްދަލުވެފައިވާ މީހުންގެ ސުންކު ނެގުމުގެ މަސައްކަތް މިހާރު ކުރުއަށްދާ ކަމަށާއި މާދާމާގެ ވަގުތެއްގައި އެތަނުގެ 22 މުވައްޒަފަކު ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ކޮވިޑް-19 ލަންކާގައި ފެތުރުން ކޮންޓްރޯލް ވެފައިވަނީ ވަނިކޮށް މިމަހުގެ ކުރީ ކޮޅު އެގައުމުން އަނެއްކާވެސް ވަނީ ބަލި ފެތުރެން ފަށާފައެވެ.

ލަންކާއިން އިއްޔެވެސް 351 ކޮވިޑް-19ގެ ވޭދަނައެއް ވަނީ ފެނިފައެވެ. އެއާއި އެކު އެގައުމުން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 7.872 އަށް އަރާފައެވެ. އެގައުމުން މިހާތަނަށް މި ބަލި ޖެހިގެން މަރުވެފައިވަނީ 16 މީހެކެވެ.