ކުރީގެ މޮޑެލް ސްޓެފަނީ އާޑަމް އާއި އޭނަގެ ހަތް އަހަރުގެ ދަރިފުޅު ނިއުޔޯކްގައި ހުރި 25 ބުރީގެ އިމާރާތަކުން ފުންމާލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ގޯތަމް ހޮޓެލްގެ 25 ވަނަ ބުރިން އުމުރުން 45 އަހަރުގެ އެ މޮޑެލް އާއި އޭނާގެ ހަތް އަހަރުގެ ދަރިފުޅު ފުންމާލުމުން، ލިބުނު އަނިޔާގައި ދެ މީހުންގެވެސް ފުރާނަ ސަލާމަތްނުވެ ވަގުތުން ވަނީ މަރުވެފައެވެ.

މަންޒަރުދުށް މީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެ ދެ މީހުން ފުންމާލުމުން ގޮސް ޖެހުނީ އެ އިމާރާތުގެ ދެވަނަ ބުރީގެ ބެލްކަނީ ތެރޭގައެވެ. އެ މީހުންނަށް ބޮޑެތި އަނިޔާތަކެއްވެފައިވާއިރު، އެތަނަށް މަރުވެފައިވާކަމަށް ވެއެވެ.

ފުލުހުން ހިންގި ތަހުގީގުން އެނގޭގޮތުގައި، ސްޓެފަނީ ކައިރީގައިވާ އޭނާގެ ދަރިފުޅު ހޯދުމަށް ކުރީގެ ފިރިމީހާ ދަނީ މަސައްކަތް ކުރަމުންނެވެ. އެ މައްސަލަ މިހާރުވެސް ކޯޓުގައި ދަނީ ބަލަމުންނެވެ. އެގޮތުން މިފަހުން ސްޓެފަނީ އޭނާގެ ދަރިފުޅު ގޮވައިގެން ޔޫރަޕަށް ޗުއްޓީއަށްދާން އުޅުމުން އެކަން ކޯޓުން ވަނީ ހުއްޓުވާފައެވެ.

ސްޓެފަނީގެ ގާތް އެކުވެރިއަކު ބުނިގޮތުގައި، އެ ދަރިފުޅާއި ސްޓެފަނީ އާއި ވަރަށް ގާތެވެ. އޭނާ އެ ކުއްޖާ ސްކޫލަށް ނުފޮނުވާއިރު، ކިޔަވައިދެނީ ގެއަށް ޓީޗަރުން ގެނެސްގެންކަމަށް އޭނާގެ ގާތް އެކުވެރިޔާ ބުންޏެވެ.

ފުލުހުން މިހާރު ދަނީ މި ހާދިސާ ތަހުޤީޤުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަން

    ވަރައް ތާއީދު އޭނާ އެކުރި ކަމަށް، ސަބަބަކީ ތި ހިތާމަ މިތާގެ ޝަރުއީ ނިޒާމުން މަށައްވެސް ލިބިފައިވާތީ! މިތަނަކުން އިނަސާފެއް ނުލިބޭނެ. ހިތައް އަރާގޮތަކަށް އިންސާފު ބަހަނީ