އިންޑިޔާގައި ކުރިޔަށް ގެންދިޔަ މުޒާހަރާއެއް ކޮންޓްްރޯލް ކުރުމަށް އިންޑިޔާ ފުލުހުން މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑިޖަހާ 11 މީހަކު މަލާލައިފިއެވެ.

އިންޑިޔާގެ ނޫހެއް ކަމަށްވާ "އިންޑިއަންޓައިމްސް" ގައި ރިޕޯޓްކޮށްފައިވާ ގޮތުން މުޒާހަރާކުރިޔަށް ގެންގޮސްފައިވަނީ ފެޖްޓްރީއެއްގެ ބިން ބޮޑު ކުރުމާ ދެކޮޅަށެވެ. މަރާމާތަށް މިފެކްޓްރީ މޭރިޗް 27 ވީހުން ފެށިގެން ބަންދުކޮށްފައިހުރިއުރު، މަރާމާތަށްފަހު ހުޅުވާއިރު ފެކްޓްރީގެ ޖާގަ ބޮޑު ކުރުމަށްވަނީ ނިންމާފައެވެ. މިގޮތުން މިފެކްޓްރީ ބޮޑު ކުރުމުން މީހުން ދިރިއުޅޭ ހިސާބާ ވަރަށް ކައިރި ވާނެ ކަމަށް މުޒާހަރާ ކުރި ފަރާތަކާއި ހަވާލާދީ އިންޑިޔާ ޓައިމްސްގައި ބުނެފައިވެއެވެ.

މުޒާހަރާގެ ބައިވެރިން މިމުޒާހަރާގައި ގޮވަމުން ދިޔައީ ފެކްޓްރީ ބޮޑު ކުރުމުގެ ސަބަބުން އެހިސާބުގެ ފެން ތަޣައްޔަރުވެ، ކެމިކަލްގެ އަސަރު އެހިސާބުގައި އުޅޭ ފަރާާތްތަކަށް ކޮށްފާނެ ކަމުގެ ބިރު އެބައޮތްކަމަށެވެ. އަދި ދުން ނުސާފުވުމާއި އިތުރު އެހެންވެސް ތަކްލީފުތައް ކުރިމަތިވާނެ ކަމަށް މުޒާހަރާގެ ބައިވެރިން ގޮވަމުންދިޔައެވެ.

އިންޑިޔާާގެ ޓަމިލްނާޑުގެ ގިނަ ހިސާބުތަކުގައި މިމުޒާހަރާގެ ބައިވެރިން ހަރަކާތްތެރިވަމުންދާއިރު އިއްޔެ ކުރި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުންވަނީ ބާރުގެ ބޭނުންކޮށްފައެވެ. މިގޮތުން ފުލުހުންގެ ބަޑީގެ ހަމަލާތަކުގައި ޖުމްލަ 11 މީހުންވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުޑަބެ

    ކޮބާބާ ޑިމޮކޮރަސީ

  2. ސޯލް

    އެމީހުން ރަނގަޅުދޯ މީހުން މެރިޔަށް

  3. ޒާ

    އެކަމަކު އިންޑިއާވެސް އަގައަރުވާނެ ދިވެހިރާއްޖޭގައި އިންސާނީ ހައްގުތަކަށް އަރައިގަންނަވާހަކައާއި ފުލުހުން އަނިޔާކުރާކަމަށް.

  4. އައްޓަމަސް

    ބޮޑުޑިމޮކްރެސީޔޯ