އޮސްޓްރޭލިއާގެ ސްޓޭޓެއް ކަަމަށްވާ ވިކްޓޯރިއާއަކީ ކޮވިޑް-19 އިން ރައްކާތެރިވެފައިވާ ތަނެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

"ޑެއިލީމެއިލް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވިކްޓޯރިއާގައިވެސް ތަރުތީބެއް ނެތި ސުންކު ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކަމާ ގުޅުން ހުރި ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ނަމަވެސް އެ ސްޓޭޓުން ފާއިތުވި 25 ދުވަހުގެ ތެރޭގައި ކޮވިޑް-19 ފެނިފައި ނުވާ ކަމަށްވެއެވެ. އަދި އެންމެ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ކޮވިޑް-19 ޖެހުނު ބަލި މީހާ މިހާރު ވަނީ ދޫކޮށްލައިފައެވެ.

މިއީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މިހާތަނަށް މި ބަލީގެ އެއްވެސް މީހަކަށް ވިކްޓޯރިއާ ހޮސްޕިޓަލުގައި ފަރުވާ ނުދޭ ފުރަތަމަ ފަހަރު ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކާއި ހަވާލާދީ ޑެއިލީމެއިލް އިން ވަނީ ރިޕޯޓުކޮށްފައެވެ.

ވިކްޓޯރިއާ އިން ކޮވިޑް-19 ޖެހިގެން ފަރުވާ ދިނުމަށްފަހު އެންމެ ފަހުން ދޫކޮށްލި ދެމަފިރިން

އެންމެ ފަހުން އެ ސްޓޭޓުގައި ފަރުވާ ދީފައި ވަނީ މި ބަލި ޖެހުނު އުމުރުން ދުވަސްވީ ދެމަފިރިއަކަށެވެ. މެލްބޯން ހެލްތު ފެސިލިޓީގައި އެ ދެމަފިރިންވެސް ވަނީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ހޭދަކޮށްފައެވެ. އިއްޔެ އެ ދެމަފިރިން ވަނީ މި ބަލިން މުޅީން ރަނގަޅުވެެ ނައްސި ނަތީޖާއަކާ އެކު އެކު ގެއަށް ދޫކޮށްލައިފައެވެ.

އޮސްޓްރޭލިއާ އިން މި ބަލި އެންމެ ފުރަތަމަ ފެނިފައި ވަނީ މިއަހަރުގެ ޖެެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ ޗައިނާ ހުބައި ޕްރޮވިންސްގެ ވޫހާން ސިޓީ އަށް ދަތުރުކުރި މީހެއްގެ ގައިންނެވެ.

 

ކިޔުންތެރިންގެ ހިޔާލު