މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރަޝިއާއިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ބައިނަލްއަގްވާމީ ތަފާސްހިސާބުތައް ދައްކާގޮތުން، ދުނިޔޭގެ ހަތަރުވަނައަށް އެންމެ ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ރަޝިއާއިން ފާއުތިވި 24 ގަޑިއިރު ތެރޭގައި 507 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

މިއީ އެގައުމުގައި އެއް ދުވަސް ތެރޭގައި މިހާ ގިނަބަޔަކު މި ބަލީގައި މަރުވި ފުރަތަމަ ފަހަރެވެ. އެ ގައުމުގައި އިއްޔެވެސް ވަނީ ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އެގޮތުން އިއްޔެ އެ ގައުމުން ކޮވިޑް-19 ބަލީގައި 491 މީހަކު ވަނީ މަރުވެފައެވެ.

މިއާއެކު އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 37,538 އަށް އަރާފައެވެ.

ރަޝިއާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް އުޅެނީ ވަަރަށް މަތީގައެވެ. އެގޮތުން ފާއުތިވި 24 ގަޑިއިރު ތެރޭގައި އެގައުމުގައި ކޮވިޑް-19 ޖެހިގެން މަަރުވި މީހުންގެ އަދަދު ވަނީ 23,675 އަށް އަރާފައެވެ. އެ ގައުމުގައި ފާއިތުވި ދެ ހަފްތާ ތެރޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އުޅެނީ 20،000 އަށްވުރެ މަތީގައެވެ.

ރަޝިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ، 2,162,503 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު