އީރާނުން ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ކޮވިޑް-19ގެ ބައިނަލްއަގްވާމީ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ގައުމުގައި ފާއުތިވި 24 ގަޑިއިރު ތެރޭގައި 13،843 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއީ ރެކޯޑެކެވެ. އެގައުމުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް 10،000 އަށްވުރެ މަތީގައި އުޅޭތާ މިހާރު ދެ ހަފްތާއެއްހާ ދުވަސް ވެދާނެއެވެ.
އެ ގައުމުގައި މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 894,385 އަށް އަރާފައެެވެ.
ފަހަކަށް އައިސް އެ ގައުމުގައި މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ ބަލީގައި މަރުވާ މީހުންގެ އަދަދު އުޅެނީ 400 އިން މަތީގައެވެ. އަދި އެ ގައުމުގައި އެއް ދުވަހެއްގެ ތެރޭގައި ރެކޯޑް އަދަދަަކަށް މީހުން މަރުވީވެސް މި މަސް ތެރޭގައެވެ. އެގޮތުން މި މަސް ތެރޭގައި އެ ގައުމުން 486 މީހަކު ވަނީ އެއް ދުވަސް ތެރޭގައި މަރުވެފައެވެ.
އެ ގައުމުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ 469 މީހުންނެވެ.
އީރާނުގައި މިހާރު ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދަކީ 46،207 އެވެ.
އީރާނަކީ ދުނިޔެއިން 15 ވަނައަށް އެންމެ ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވި ގައުމެވެ.