އެމެރިކާގެ ރައީސްކަމުގެ ހުވާ ޖޯ ބައިޑެން ޖަނަވަރީ 20 ވަނަ ދުވަހު ކުރައްވާއިރު އެރަސްމިއްޔާތައް ނުގޮސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެހެން އިވެންޓެއް ބާއްވަން ތާވަލް ކޮށްފިއެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ޓްރަމްޕް މިހާރު ތާވަލް ކޮށްފައިވާ އިވެންޓަކީ 2024 ވަނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބަށް އޭނާ ކުރިމަތިލާނެކަން ރަސްމީކޮށް އިއުލާން ކުރުމަށާއި ރައީސް ކަމަށް ވާދަކުރުމުގެ ކެމްޕޭން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ އިވެންޓެކެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި ބައިޑެން ހުވާ ކުރުމުގެ ރަސްމިއްޔާތު ބޮއިކޮޓް ކުރަން ޓްރަމްޕް ވަނީ ނިންމާފައެވެ. ނަމަވެސް މިއީ އެމެރިކާގެ އާދަކާދައާއި ހިލާފު ކަމެކެވެ. އެމެރިކާގައި ވެރިކަމާއި އަލަށް ހަވާލުވާ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އަބަދުވެސް ވެރިކަމުން ފައިބާ ރައީސް ބައިވެރިވަމުން ގެންދެއެވެ.

ޓްރަމްޕް 2024 ވަނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމާއި ގުޅޭ ގޮތުން އޭނާ ވަނީ މިހާރު އެންމެ އަރިސް މީހުންނާއި މަޝްވަރާ ކޮށްފައެވެ. ރިޕަލިކަން ޕާޓީ މެންބަރުންގެ މެދުގައި އަދިވެސް އެންމެ މަގުބޫލު ލީޑަރަކީ ޓްރަމްޕް ކަމަށް ވުމުން

އިލެކްޓޯރަލް ވޯޓުން ބައިޑެން ކުރި ހޯއްދަވައިފިނަމަ ވައިޓްހައުސް ދޫކޮށް ނިކުންނާނެ ކަމަށް ޓްރަމްޕް ވަނީ މިހަފްތާގައި ބުނެފައެވެ. ކޮންގްރެސް އިން އިލެކްޓޯރަލް ވޯޓު ގުނައި ނަތީޖާ އިއުލާން ކުރާނީ ޖަނަވަރީ މަހުގެ 06 ވަނަ ދުވަހު އެވެ.

އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރަން އަދިވެސް ދެކޮޅު ހަދަމުން ގެންދާ ޓްރަމްޕް މިހާރު ހުރީ ކޭމްޕް ޑޭވިޑްގައެވެ. އެއީ އާއިލާ އާއިއެކު ތޭންކްސްގިވިން ޗުއްޓީ ހޭދަކުރުމަށެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި އިންތިޚާބާއި ގުޅިގެން ޓްރަމްޕް ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް ދަށު ކޯޓުތަކުން ނާކަމިޔާބު ވެފައިވުމުން ކުރިއަށް އޮތް ހަފްތާތެރޭގައި އެއިން ބައެއް މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާސްޓަރ

    އޭނާގެ މައްސަލަތައް ތަޙްޤީގު ކުރަން ފަށާފާނެތީ ކުރާކަމެއްހެން ހީވަނީ. ޑިމޮކްރަސީގައި އިދިކޮޅު ކެންޑިޑޭޓްއަކަށް ވުމުން ކޮންމެ ދަޢުވާއެއް ކުރިއަސް ވާނީ ސިޔާސީ ދަޢުވާއަކަށް. އެއްވެސް ކަމަކަށް އަދަބެއް ނުލިބޭނެ.

    4
    8