އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޤާނޫނީ ސައްހަކަން ކަނޑައަޅަން ކުރިއަށް ގެންދާ ސެނެޓްގެ ޖަލްސާއަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ހުރަސްއަޅައި، ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ވަދެގަތުން އެއީ ޑިމޮކްރަޓިކް ގައުމެއްގައި ކަން ހިނގާނެ ގޮތެއް ނޫން ކަމަށާއި އެމެރިކާ ވެގެން މިދިޔައީ "ބަނާނާ ރިޕަބްލިކަކަށް" ކަމަށް ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވިދާޅުވެއްޖެއެވެ.
ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކަމަށްވާ ކެޕިޓަލްއަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެހުން ކުށްވެރިކުރައްވާ ބުޝް ނެރުއްވި ބަޔާނުގައި ވިދާޅުވީ އިންތިޚާބުގެ ނަތީޖާއާއި މެދު ސުވާލު އުފެއްދުން އެއީ ބަނާނާ ރިޕަބްލިކް ގައުމުތަކުގައި ކުރާ ކަމެއް ކަމަށެވެ.
ބަނާނާ ރިޕަބްލިކް އަކީ ސިޔާސީ ގޮތުން ހަމަޖެހުމެއް ނޯންނަ ގައުމުތަކުގެ ހާލަތު ބަޔާން ކޮށްދިނުމަށް ބޭނުން ކުރާ ބަހެކެވެ. އެފަދަ ގައުމުތަކަކީ އާއްމު ގޮތެއްގައި ވަރަށް މަދު ވަސީލަތްތަކެއްގެ މައްޗަށް ގައުމުގެ އިޤުތިޞާދު ވެސް ބިނާވެފައި އޮންނަ މުއްސަނދިން ނޫން ގައުމުތަކެވެ.
ބުޝް ވިދާޅުވީ މިހާރު ހިނގަމުންދާ ކަންކަމުގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ އަގުވެއްޓި، އެމެރިކާއަށް ދިގުދެމިގެންދާނެ ގެއްލުންތަކެއް އެކި ގޮތްގޮތުން ކުރިމަތިވާނެ ކަމަށެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާނެކަން އެމެރިކާގެ ރައީސް ޓްރަމްޕް ދަނީ ތަކުރާރުކޮށް އިއުލާން ކުރަމުންނެވެ. އެންމެފަހުން ރޭ ވެސް ޓްރަމްޕް ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ބުނެފައެވެ. މިއީ އެމެރިކާގެ ތާރީޚްގައި ވެސް ރިޔާސީ އިންތިޚާބެއްގެ ނަތީޖާ ގަބޫލު ނުކުރާނެކަން އެމެރިކާގެ ރައީސަކު އިއުލާން ކުރި ފުރަތަމަ ފަހަރެވެ.
2009 ވަނަ އަހަރު އެމެރިކާގެ ވެރިކަމުގެ ދެދައުރު ނިންމަވާލެއްވި ބުޝް އޭގެ ފަހުން ވަރަށް މަދުފަހަރަކު ނޫނީ ސިޔާސީ ވާހަކަފުޅެއް ނުދައްކަވައެވެ. އޭނާ އަކީ ރިޕަބްލިކަން ޕާޓީ މެންބަރުންގެ މެދުގައި އަދިވެސް ވަރަށް ބޮޑު އިހްތިރާމެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
އެމެރިކާގެ އިންތިޚާބުގައި އިލެކްޓޯރަލް ކޮލެޖްގެ ވޯޓްގެ ސައްހަކަން އިއުލާން ކުރުމަށް ކުރިއަށް ގެންދާ ސެނެޓްގެ ބައްދަލުވުން މެދުކަނޑާލުމަށްފަހު އަލުން ފަށައިގެން މިހާރު ކުރިއަށް އެބަގެންދެއެވެ.
ތަފާތު ބަހަނާ ދައްކައިގެން މުސްލިމް ޤައުމުތަކަށް އަރައި އެޤައުމުތައް ސުންނާފަތި ކުރަމުން ގެންދިޔަ މީހުން އެންމެ ފަހުން އެމީހުންގެ އަމިއްލަ އަތުން އެމީހުންގެ ޤައުމު ސުންނާފަތިކުރަންފެށީ.
ކަލޭތީ އެ ރިޕަބްލިކުގެ ވެރިއަކަށްހުރެ ކުށެއްނެތް އެތައްބައެއްގެ ލޭ ބޮއެގެން ހުރި މީހެއް. އަންހެނުންގެ އިއްފަތްފޭރި އެބައިމީހުން ހުވަފަތްކޮށް އެތައް އަނިޔާއެއް އެބައިމީހުންނަށް ދިން.
ޢެމީހުން ކުރި ކަންކަމުގެ ނަތީޖާ އެފެންނަނީ
ތިއީ ޑިމޮކްރަސީގެ ރީތި މިސާލެއްކަމަށް ބުނީހީ އެހެން ޤައުމެއްގައި ކަލޭމެން ރުހޭބަޔަކު ތިކަން ހިންގިނަމަ. މިސްރުގެ ޑިމޮކްރަސީ ވެރިޔަކު ކަލޭމެންނަށް ހަޖަމުނުވެގެން ބަޣާވާތްކޮށް ވައްޓާލައި ޖަލުގައި މަރާލީ.
ތިކަހަލަ ދޮންކެޔޮ ޖުމްހޫރީ ސަރުކާރެއް ރާއްޖޭގަވެސް މިއޮތީ...
ދޮންކެޔޮ ޖުމްހޫރިއްޔާގެ ވަގު ރައީސްއެއޮތީ ޖަލުގަ ބަނާނާ ކާން.. އޭނާގެ އައުވާނު ބަނާނާ ރޮލެކްސް ރެޑީވަނީ ޖަލަށް ދާން
ހަމަދޮންކެޔޮޖުމްހުރިއްޔާގެއަންނި