އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ކެބިނެޓާއި އާއިލާގެ މެމްބަރުންނަށް ޗައިނާ އިން ފިޔަވަޅު އަޅައިފިއެވެ.

ދަ އިންޑިޕެންޑެންޓް ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން ޗައިނާއިން ވަނީ ޓްރަމްޕް އާއި ގުޅުން ހުރި 28 މީހަކަށް ފިޔަވަޅު އަޅައިފައެވެ.

އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން ހުވާކުރެއްވިތާ މިނެޓުކޮޅެއްގެ ތެރޭގައި ޗައިނާ އިން އިއުލާން ކުރި މި ފިޔަވަޅުތައް އެޅި ފަރާތްތަކުގެ ތެރޭގައި ޓްރަމްޕްގެ ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭވެސް ހިމެނެއެވެ.

ޗައިނާ އިން ވަނީ ޓްރަމްޕްގެ ޒައާމަތުގައި ޗައިނާގެ ސިއާދަތަށް ބުރު އަރާ ނިންމުންތައް ނިންމާފައިވާ ކަމަށް ބުނެފައެވެ.

ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޗައިނާގެ ހޮންކޮން އާއި މަކާއު އަށް އެރުން މަނާކުރުމާއި، އެ މީހުންނާއި ގުޅުން ހުރި އެއްވެސް ބަޔަކަށް ޗައިނާ އާއި އެކު ވިޔަފާރި ކުރުން ވެސް ވަނީ މަނާކޮށްފައެވެ.

ފާއިތުވި އަހަރުތަކުގައި ޗައިނާއާ ދެކޮޅު ސިޔާސީ މީހުން ވަނީ ޗައިނާއާ ދެކޮޅަށް ދެ ގައުމުގެ ގުޅުމަށް ބުރޫ އަރާ ފަދަ ނިންމުންތަކެއް ނިންމައިފައެވެ.

ބުދަ ދުވަހު ޗައިނާގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ވަނީ ޕޮމްޕޭއަކީ ދޮގުހަދާ މަކަރުވެރިއެއް ކަމަށް ސިފަކޮށްފައެވެ. އަދި ޗައިނާގެ މުސްލިމުންނާ މެދު އޭނާ ދެއްކި ވާހަކަތަކަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

ޗައިނާގެ މި ފިޔަވަޅުތައް އަޅާފައި މިވަނީ ޗައިނާގެ ބައެއް އޮފިޝަލުންނަށް ޓްރަމްޕްގެ ސަރުކާރުން ފިޔަވަޅު އަޅާފައިވަނިކޮށެވެ. އެ ފިޔަވަޅުތައް އެޅީ، ޓައިވާން، ޓިބެޓް، ހޮންކޮން އަދި ޗައިނާގެ ދެކުނު ކަނޑުގައި ހިންގާ ހަރަކާތްތަކައި ގުޅިގެން ކަމަށް ބުނެއެވެ.

ޗައިނާ-އެމެރިކާ ގުޅުމަށް ބުރު އެރުމުގެ ނަތީޖާ އަކަށްވީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހީނަރުވެ، 245،000 އެއްހާ އެމެރިކާ މީހުންގެ ވަޒީފާ ގެއްލުނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މުބީނު މާރނީ

  ކާކު ތަ ޗައިނާ އަށް ދާހިތްވާނީ ؟ ވާލާއި ރާމާ މަކުނު ދިރިދިރި އޮއްވާ ކަރުބުރިކޮށްލާ، އޭގެ ސިކުނޑި ނަގައިގެން ކާ-ބައެއް. ޕޮމްޕެއޯ ލޮލުފިޔަ ނުޖަހާނެ ޗައިނާ އަށް ނޭރޭނެތީ. ޗައިނާ އިން ތިޔަ ކުރީ ކިނބޫ ކުރާކަހަލަ ކޮސް ކަމެއް. ކޮވިޑުން ސަލާމަތް ވާށޭ ކިޔާފަ ހަވީރު 4ން ރޭގަނޑު 8 އަށް ލޮކްޑައުން. އެއީ އެގަޑީ ގައި ކޯވިޑު ވައިރަސް ނިދާ ގަނޑި ކަމަށްވާތީ. ކެކެކެ.

  6
  8
 2. Anonymous

  ތިގޮތަށް މި އެމްޑީޕީ ސަރުކާރުގެ ވެރިންނަށްވެސް ފިޔަވަޅު ނާޅަނެބާ؟

  13
 3. ޝާފީ

  ޓްރަންޕް ކިޔަނީ، "ޗައިނާ ވައިރަސް". އެހެންވެގެން ތިޔަ ފިޔަވަޅުއެޅީ.

  11
  1
 4. ނޫނޭ...

  ބުރޯ ޗައިނާ އަކީ މުސްލިމުންނާދޭތެރޭ ނުބައި ބައެއް..އެކަމަކު ޗައިނާ އަކީ އިކޮނޮމިކް ސުޕަރ ޕަވަރ..އެމީހުން އެއެޅި ފިޔަވަޅުގެ އަސަރު ވަރަށް ބޮޑަށް ދައްކާނެ..ޕޮންޕެއޯ އަދި ޓްރަމްޕު ގެ މީހުން..ޗައިނާ އާއި އެއްވެސް ވިޔަފާރިއެއް ނުކުރެވުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް..