ކޮވިޑް-19 ފެތުރެން ފެށުމާއިއެކީ ބަންދު ކޮށްފައިވާ ލަންކާގެ ބޯޑަރުތައް ހުޅުވާލައިފިއެވެ.

ލަންކާގެ ބޯޑަރުތައް ހުޅުވާލާފައިވަނީ 10 މަހަށްވުރެ ގިނަ ދުވަހަށް ބަންދު ކުރުމަށްފަހުއެވެ.

ލަންކާގެ ވައިގެ ބަނދަރު ހުޅުވާލާފައިވާ ކަމަށް އެގައުމުގެ އޭވިއޭޝަން ސާވިސަސްއިން ވަނީ އިއުލާނު ކޮށްފައެވެ. އެގޮތުން މިއަދުން ފެށިގެން އެގައުމުގެ ބަންޑާރަނައިކެ އެއާޕޯޓާއި މައްތަލާ އެއާޕޯޓަށް ދަތުރު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ އުނދަގޫ ހާލަތަށް ފަހު ހާއްސަ ފިޔަވަޅު ތަކާއެކު ސްރީލަންކާ މިއަދު ދުނިޔެއަށް ހުޅުވައިލުމުން ފުރަތަމަ ޖައްސާފައި ވަނީ އޮމާން އެއާގެ ބޯޓެކެވެ. އެބޯޓުގައި ތިބީ ސްރީލަންކާގެ 49 ފަސިންޖަރުންނެވެ. އެ ހުރިހާ އެންމެންނަށްވެސް ވަނީ ކަރަންޓީނުވުމަށް އިލްތިމާސް ކޮށްފައެވެ.

ލަންކާ އެއާޕޯޓް މިއަދު ޓޫރިޒަމަށް ހުޅުވާލި އިރު ދަތުރުވެރިން ކޮންމެހެން ސަމާލުވާން ޖެހޭ ކަންތައްތަކަށް ވަނީ ވަރަށް ބޮޑަށް ހޭލުންތެރި ކުރުވާފަ އެވެ. މިހާރު ލަންކާއަށް އެތެރެވެ ތިބުމަށް ވަކި މުއްދަތެެއް އަދި ވަކި ގައުމެއް އިސްތިސްނާވެފައެއް ނެތެވެ. އިނގިރޭސީ ވިލާތުން ދާ މީހުންނަށް ވެސް ލަންކާއަށް ވަދެވޭ އުސޫލުތަކެއް ވަނީ ހަދާފައި ވެއެވެ.

ފަތުރުވެރިކަމަށް ސްރީލަންކާ ހުޅުވާލާފައިވާއިރު، މީގެ ކުރިން އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންނަށްވުރެ ފަހަކަށް އައިސް މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން މީގެ ކުރިން 100 އިން މައްޗަށް ފައްސިވެފައިނުވާއިރު، މިހާރު އެގައުމުން ފައްސިވާ މީހުންގެ އިންސައްތަ އުޅެނީ 200 އާއި 500 އާއި ދެމެދުގައެވެ.

ކިޔުންތެރިންގެ ހިޔާލު