އިނގިރޭސިވިލާތުން ފެނުނު ކޮވިޑް-19ގެ އާ ވައްތަރު ޖެހިގެން މަރުވާ މީހުންގެ އިންސައްތަ ގިނަ ކަމަށް ދައްކައިފިއެވެ.

އެކަން ހާަމަކޮށްފައި ވަނީ އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ހިމެނޭ ގޮތަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އޭނާ ވިދާޅުވީ، އެ ގައުމުން ފެނުނު ކޮވިޑް-19ގެ އާ ވައްތަރު ޖެހިގެން މަރުވާ މީހުންގެ އިންސައްތަ އިތުރުވާ ކަމުގެ ހެކި ފެނިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު މި ވަނީ މައުލޫމާތު ލިބިފައި، އެ ވައްތަރު އަވަހަށް ފެތުރުމުގެ އިތުރުން، ލަންޑަން އިން ފުރަތަމަ ފެނުނު މި ވައިރަސްގެ ވައްތަރަކީ މަރުވާ މީހުންގެ އިންސައްތަ އިތުރުވާ ވައްތަރެއްކަން".އޭނާ ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައި ވަނީ ބޮރިސް މިގޮތަށް ހާމަކުރައްވާފައި ވަނީ އޮފިޝަލް އޮފް ނޭޝަނަލް ސްޓެޓިސްކްސްގެ ޑާޓާތަކުުން އާ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް ދަށްވެފައިވާ ކަން ދެއްކި ފަހުންނެވެ.

އެ ގައުމުގެ ސަރުކާރުގެ އިސް ސަރިންސްވެރިޔާ ޕެޓްރީކް ވެލަންސް ވިދާޅުވީ، މި އާ ވައްތަރުގެ ކޮވިޑް-19 ނުރައްކާތެރިކަމަށާއި، އެގޮތުން މި އާ ވައްތަރުގެ ވައިރަސް ޖެހޭ މީހުން މަރުވާ ރޭޓް 30 އިންސައްތަ އިތުރު ކަމަށެވެ.

އޭނާ ވިދާޅުވީ، ކޮވިޑް-19ގެ އަސްލު ވައްތަރު ޖެހޭ 60 އަހަރުގެ ފިރިހެނުންގެ ތެރެއިން މަރުވަނީ 1000 މީހުންގެ ތެރެއިން 10 މީހުން ނަމަވެސް، އާ ވައްތަރުން މަރުވާ ރޭޓް 13 ނޫނީ 14 އަށް އަރާ ކަމަށެވެ.

އިނގިރޭސިވިލާތުގައި މިހާރު ވަނީ ކޮވިޑް-19ގެ ރާޅު ބޮޑު ބޮޑުވެފައެވެ. އެ ގައުމުން ރެކޯޑް އަދަދަކަށް ކޮންމެ ދުހަކަުވެސް މީހުން މަރުވަމުންދާއިރު، ޖުމްލަ އަދަދު ވަނީ 100،000 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު