ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން އިތުރު 1،176 މީހުން އިއްޔެ މަރުވެއްޖެއެވެ.

ދުނިޔޭގައި އެންމެ ވަރުގަދަ އެއް ގައުމުގެ ގޮތުގައި އޮތް ބްރެޒިލް އިން މިހާތަނަށް 8,816,254 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 61,121 މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ.

ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން ހާހަކަށް ވުރެ ގިނަ މީހުން އެއް ދުވަސް ތެރޭގައި މަރުވި އިރު، އެ ގައުމުގައި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 216,475 އަށް އަރައިފައެވެ. ބްރެޒިލްއަކީ ތިން ވަނަ އަށް އެންމެ ބޮޑަށް ބަލި ފެތުރިފައި އޮތް ގައުމެވެ. އަދި ދެ ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ ވެސް ބްރެޒިލްއިންނެވެ.

ކޮވިޑް-19 ޖެހިގެން ހަތް މިލިއަނަށް ވުރެ ގިނަ މީހުން ރަނގަޅުވެފައިވާ އިރު، ބްރެޒިލްގައި ބަލި ޖެހިގެން ރަނގަޅުވާ މީހުންގެ ރޭޓް އުޅެނީ މަތީގައެވެ. މި ބަލި ޖެހިގެން މިވަގުތު ފަރުވާ ހޯދަމުން ދަނީ ނުވަ ލައްކަ އަށް ވުރެ ގިނަ މީހުންނެވެ.

އަދި މި ބަލީގައި ސީރިއަސް ހާލަތުގައި ތިބީ 8,318 މީހުންނެވެ. އާބާދީގައި ސަތޭކަ ސާޅީސް ފަސް މީހުންގެ އާބާދީއެއް އޮންނަ ބްރެޒިލްގައި މިހާތަނަށް 28 މިލިއަނަށް ވުރެ ގިނަ ޓެސްޓް ހަދާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.