އިޓަލީގެ ބޮޑުވަޒީރު ޖިއުސެއްޕޭ ކޮންޓޭ މަގާމުން، އިސްތިއުފާ ދެއްވައިފިއެވެ.

ކޮންޓޭ އިސްތިއުފާ ދެއްވާފައިވަނީ އެގައުމުގައި މިހާރު ހިނގަމުން އަންނަ ސިޔާސީ ހަމަނުޖެހުން ގޯސް މަސްރަހަކަށް ހިނގައިދާނެ ކަމަށް ބެލެވޭތީއެވެ.

މީގެ ދެ ހަފްތާ ކުރިން އެގައުމުގެ ސަރުކާރު ކޯލިޝަނުން ވަނީ އެގައުމުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތުން އިސްތިއުފާ ދެއްވަފައެވެ.

ކޮންޓޭ އިސްތިއުފާ ދެއްވިއިރު، އިޓަލީއަށް ވަނީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އިގްތިސޯދީ ގޮތުން ވަރަށް ބޮޑަށް ދަށްވެފައެވެ.

އޭނާ ވަނީ މިހާރު ސަރުކާރުން ހިންގަމުން އަންނަ ޕާޓީން އާ ސަރުކާރެއް އުފެއްދުމަށް މެންޑޭޓެއް ފޮނުވާނެ ކަމަށް އުއްމީދު ކޮށްފައެވެ.