ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުން ކުރަމުން އަންނަ ވެކްސިން ޖެހުމަށް ފަހު ބައެއް ފަރާތްތަކަށް ސައިޑް އިފެކްޓް ފެންނަ ވާހަކަ އަކީ އަލަށް އަޑު އިވޭ ވާހަކަ އެއް ނޫނެވެ. އޭގެ ތެރޭގައި ހުން އައުމާއި ވެކްސިން ޖެހި ތަން ހިރުވުން ނުވަތަ އެތަނަށް ތަދުވުން އެއީ އާންމު ކަމެކެވެ.
އެހެން ނަމަވެސް އެތަނަށް ތަދުވެ ދެން ކެންސަރަށް މަގު ފަހިވާނެ ކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރެއެވެ. ގިނަ ބަޔަކު މިފަދަ ވާހަކަތަކެއް ދައްކަމުން އަންނާތީ ޑޮކްޓަރުންގެ ޓީމަކުން ވަނީ އެ ސުވާލަށް ޖަވާބު ދީފައެވެ.
ވެކްސިން ޖެހުމަށްފަހު މެމޯގްރާމް ނުވަތަ ކެންސަރަށް ޗެކްއަޕެއް ހަދާއިރު، ޑޮކްޓަރުންގެ ކައިރީ ކޮވިޑް-19 އަށް ވެކްސިން ޖެހި ވާހަކަ ހިއްސާ ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އެއީ އެގޮތަށް އެކަން ހާމަ ނުކޮށްފިނަމަ، ވެކްސިންގެ ސަބަބުން ދިމާވި ކަމަކަށްވެދާނެތީއެވެ.
ކެންސަރު ބަލީގެ ތަޖުރިބާކާރުން ބުނެފައިވަނީ ލިމްފް ނޯޑްސް ނުވަތަ ކިއްޕަތި މި ސަރަހައްދަކީ ވެކްސިން ޖެހުމަށްފަހު އެންމެ ގަދަޔަށް ހިރުވާ ސަރަހައްދު ކަމަށެވެ. އެހެން ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށާއި އެކަމުން އެނގިގެން ދަނީ ވެކްސިން މަސައްކަތް ކުރާ ކަން ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މެމޯގްރާމް ހަދާއިރު، ޑޮކްޓަރުންނަށް އެކަން ނޭނގޭނަމަ ނަތީޖާއަށް ބަލައި ކެންސަރު ހުރި ކަމަށް ނިންމާފާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އެހެން ނަމަވެސް ޑޮކްޓަރުން ބުނީ، އެކަމަކީ އެއީ ބޮޑު ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން އާންމުން ވެކްސިން ޖެހުން ހުއްޓައިގެން ނުވާނެ ކަމަށެވެ.
އާންމު ގޮތެއްގައި ވެކްސިން ޖަހާ ތަން ހިރުވާ ކަމަށް ބެލެވިފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ފައިޒާ ވެކްސިން އާއި މޮޑާނާ ވެކްސިން އިނެވެ.
މިފަހަރު ތިއޮރީ އަނގަ ގަޅި ޖެހިފަ....ކެންސަރ ވައިރަސްގެ މިންވަރެއްވެސް ވެކްސިންތަކުގަ ހުންނަނީތޯ...ބޭސް ކިޔަނީ އެބޭސް ބޭނުން ކުރުމުން ބޭހުގެ އަސަރު ކުރާކަން ހާމަވުމަށް އިތުރު ބަލިތަކެއް ނުޖެހި ބޭހުގެ އަސަރު ކުރިކަން ހާމަ ވުމަށް ބަލިން ފަސޭހަވުން ފެންނަ އެއްޗެއްސަށް....ވެކްސިން އަކީ ފަރުވާ އެއްނޫން....އަދި މީގެ އަހަރުތަކެއް ފަހުން އެވާހަކަ ދައްކާނެ
މީގެ ވިއްސަކަށް އަހަރު ފަހުން ބުނާނެ ތޯޗެ ކެންސަރު ބަލި މާބޮޑަށް ދުނިޔެއަށް ފެތުރުނީ 2021 އަހަރުތެރޭގައި ކޮވިޑު ވެކްސިން ޖެހުނު ގޮތަނުންނޭވެސް. އެއިޑްސްވެސް ފެތުރުނީ އެކަހަލަ ގޮތަކަށް ހޯދުންތަކުން ފެއްނަނީ.