މިޔަންމާގެ މަދަނީ ސަރުކާރު ސިފައިން ނިކުމެ ބަޣާވާތަކުން ވައްޓާލުމުން ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން މިއަދުގެ މުޒާހަރާގައި ސިފައިން އާއްމުން ގަޔަށް ބަޑި ޖެހުމުން 114 މީހަކު މަރުވެއްޖެއެވެ.

ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު ގެނައި ބަޣާވާތާއި ދެކޮޅަށް މިޔަންމާގައި ކުރަމުން އަންނަ މުޒާހަރާގައި ސިފައިން މިއަދު ބަޑި ޖަހައި ގިނަ ބަޔަކު މަރާލާފައި ވަނީ މުޒާހަރާއަށް ނިކުމެއްޖެނަމަ "ފުރަގަހުން ނުވަތަ ބޮލަށް" ބަޑި ޖަހާނެ ކަމުގެ އިންޒާރު އަސްކަރިއްޔާ އިން ކުރިން ދިނުމަށް ފަހުއެވެ.

އަސްކަރިއްޔާގެ އަނިޔާވެރި އިންޒާރަށް ބެލުމެއްނެތި މިޔަންމާގެ ވަރަށް ގިނަ ސިޓީތަކުގައި މިއަދު ވެސް ވަނީ ގިނަ ބަޔަކު މަގުތަކަށް ނިކުމެ މުޒާހަރާ ކޮށްފައެވެ. މިއަދު ބަޑި ޖަހައި މަރާލި މީހުންގެ ތެރޭގައި ފަސް އަހަރުގެ ކުޑަ ކުއްޖަކު ވެސް ހިމެނެއެވެ.

އާއްމު ގޮތެއްގައި މުޒާހަރާއަށް ނިކުންނަ މީހުންނަށްވުރެ މިއަދު މުޒާހަރާއަށް ނިކުތް މީހުންގެ އަދަދު ގިނައެވެ. ސަބަބަކީ މިއަދަކީ މިޔަންމާގައި އާއްމުކޮށް ފާހަގަ ކުރަމުން އަންނަ ސަރުކާރު ބަންދު ދުވަހަކަށް ވާތީއެވެ. މިއަދަކީ ދެވަނަ ބޮޑު ހަނގުރާމައިގައި މިޔަންމާ އިން ޖަޕާން ސިފައިންނާއި ދެކޮޅަށް ނިކުތް ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެގައުމުން ފާހަގަކުރާ "އަނިޔާވެރިކަމާއި ދެކޮޅު ދުވަހެވެ."

މިޔަންމާއަށް ބަޣާވާތް ގެނައުމުގެ ކުރިން އެގައުމުން އދ.އަށް ކަނޑައަޅާފައި ހުންނެވި މަންދޫބު މިއަދު ވިދާޅުވީ މިޔަންމާގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދާއިރު ބައިނަލްއަޤުވާމީ މުޖުތަމައުން އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ މިޔަންމާގެ ހާލަތު އިތުރަށް ގޯސްވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިޔަންމާ ރައްޔިތުން މެދުކެނޑުމެއްނެތި މުޒާހަރާ ކުރަމުން ދާއިރު މިޔަންމާގެ އަސްކަރީ ލީޑަރު ޖެނެރަލް މިން އައުންގް ލަންގް އިއްޔެ ވިދާޅުވެފައި ވަނީ އެގައުމުގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެ ކަމަށެވެ. ނަމަވެސް އިންތިޚާބު ބާއްވާނީ ކޮންއިރަކުން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

މިޔަންމާ އަށް ބަޣާވާތެއް ގެނެސް ވެރިކަން ބަދަލުކޮށްފި ފަހުން ސިފައިން ވަނީ މިހާތަނަށް 380 އަށްވުރެ ގިނަ މީހުން މަރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އސ

    ބަޑި ޖަހައި މަރައި އެންމެން މައިތިރި ކުރޭ
    އޭރުން އާއްމު ރައްޔިތުންނަށް ހަމަ ނޭވާ އެއް ލެވި އަމާން ކަމެއް ގައުމުގަ އޮންނާނީ

    1
    3
  2. ވާނުވާ

    ވަޓް ގޯސް އެރަންޑް ކަމްސް އެރައުންޑް

  3. ނާޝިޒް

    އަންސަން ސޫކީ އަކީ މިޔަންމާގެ މުސްލިމް ނަސްލު ނައްތާލަން ބޮޑު ގަތުލް އާމެއް ހިންގި މީހެއް އެހެންވީމަ މިހާރު ސޫކީ އަށް އެފެންނަނީ އޭނަ ކުރިކަންތަކުގެ ހިތި ސަޒާ... ސާބަސް މިޔަންމާގެ އަސްކަރިއްޔާ.... ސާބަސް..