ކޮވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަ މާސްކެއް މެކްސިކޯގެ ސައިންސްވެރިން އުފައްދައިފިއެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ސައިންސްވެރިއެއް ކަމަށްވާ ގުސްޓާވޯ އެކޮސްޓާގެ އިސް ނެގުމުގެ ދަށުން އުފައްދާފައިވާ މި މާސްކަކީ ހަމައެކަނި ނޭފަތް ނިވާ ކުރެވޭ ވަރަށް އުފައްދާފައިވާ މާސްކެކެވެ.

އޭނާ ބުނީ، އެ މާސްކު އުފެއްދި ނަމަވެސް އަނގަޔާއި ނޭފަތް ނިވާ ކުރެވޭ ވަރުގެ މާސްކު އަޅަން ޖެހޭނެ ކަމަށާއި އެއީ ބަދަލެއްގެ ގޮތުން އުފައްދާފައިވާ މާސްކެއް ނޫން ކަމަށެވެ.

އެ މާސްކު އަޅައިގެން ހުންނަ ވަގުތު އެހެން މާސްކޭ އެއް ގޮތަށް ވައިރަސް ހުރިނަމަ ސާފުވެގެން ދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނޭފަތް ފޮރުވޭ ވަރުގެ މާސްކެއް މެކްސިކޯއިން އުފައްދާފައިވާއިރު، ބައެއް ގައުމުތަކުގެ ސައިންސްވެރިން ވަނީ ކޮވިޑް-19 އަކީ ވައިގެ ޒަރިއްޔާއިން ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެއް ކަމުން އަނގައިން ވެސް ބަލި ފެތުރޭ ކަމަށް ބުނެފައެވެ.

އެހެން ކަމުން މި މާސްކަށް ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބަޚަބަރު

    ދެންތީވެސް ޚަބަރެއްތަ

    3
    3
    • މުބީނު މާރނީ

      ކޮރޯނާ އާއި ބެހޭ ކިތަންމެ ކުޑަ ޙަބަރަކީ ވެސް ޙަބަރެއް. ކިހިނެތް ވެފަ ތިހިރީ ؟

      3
      1
    • ޒިމްޒިމް

      ނޭނގެ ބުރާގެ އެއްފަޅި އަނގަމަތީ އެޅިޔަސް މާސްކްއަކަށްވާނެ..

      5
      1
  2. ހުސޭނުބޭ

    ތިއައްވުރެ ތާހިރުވާނެ ދެ ނޭފަތަށް ކަފަކޮޅެއް ޖަހައިގެން އުޅުނަސް!

    • ކޮވެލި

      އެންމެރަގަނގަޅުވާނީ ނޭފަތުޔެތޭގަ ވިކްސްބާމުއުނގުޅައިގެން އަނގަރަތްވާވަރަށް ދުފައިގެން ހުރީމަ މުޖައްރިބު!!