ކުޑަކުދިން މެރުން އެއީ "ހިތުގެ ހިތްހަމަ ޖެހުމަށް" ކުރާކަމެއް ކަމަށް ބުނެ ތިން ކުދިން މަރާލި އެމެރިކާގެ ސީރިއަލް ކިލާއެއް ޖަލުގައި އޮންނަތާ 16 އަހަރު ފަހުން ސިކުނޑިއަށް ކެންސަރު ޖެހިގެން ވޭންދެނިވި ގޮތަކަށް މަރުވެއްޖެއެވެ.

ޖޯސެފް ޑަންސަން ނަމަކަށް ކިޔާ ސީރިއަލް ކިލާ ވަނީ ތިން ކުޑަކުދިން މަރާލާފައެވެ. އޭނާ ވަނީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކޮށްފައެވެ. ޖޯސެފް އަކީ ފިރިހެނެކެވެ. އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނީ ވެސް ފިރިހެނުންނެވެ. އޭނާ މަރާލި ތިން ކުދިންނަކީ ވެސް ފިރިހެން ކުދިންނެވެ.

ޖޯސެފަށް ކެންސަރު ޖެހިގެން މަރުވިއިރު އޭނާ އަށް ވަނީ މަރުގެ ޙުކުމް އިއްވާފައެވެ. އޭނާއަށް މަރުގެ ޙުކުމް އިއްވީ 2007 ވަނަ އަހަރު އެވެ. އެމެރިކާގައި މަރުގެ ޙުކުމް ތަންފީޒު ކުރަން އެތައް އަހަރެއް ހޭދަވެއެވެ.

ޖޯސެފް ވަނީއޭނާގެ ކޮއްކޮ އާއި އޭނާގެ މަންމަ އާއި އަދި ލޯބިވެރިޔާ ވެސް މަރާލާފައެވެ.

ޖޯސެފްގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އޭނާ ހައްޔަރުކުރީ 2005 ވަނަ އަހަރު އެވެ. ޖޯސެފްގެ މައްޗަށް އިއްވި މަރުގެ ޙުކުމަށް އެމެރިކާގެ ތިން މަރުހަލާގެ ކޯޓުތަކުން ވެސް ވަނީ ތާއިދު ކޮށްފައެވެ. އެންމެ ފަހުން އޭނާ އަށް އިސްތިއުނާފު މައްސަލަ ނާކާމިޔާބުވީ 2019 ވަނަ އަހަރު އެވެ.

ޖޯސެފަށް ކެންސަރު ޖެހިފައި ހުރިކަން އޭނާގެ ވަކީލު އިއުލާން ކުރީ މިދިޔަ އަހަރު އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މަރުވީ ވަރަށް ބޮޑަށް ބަލިވެ ގިނަ ދުވަސްތަކަކު އުޅުމަށް ފަހުއެވެ.

ޖޯސެފް އެންމެ ފުރަތަމަ ކުއްޖަކު މަރާލާފައި ވަނީ 1997 ވަނަ އަހަރު އެވެ. އޭނާ ކުޑަކުދިން މެރީ އަމިއްލަ ހިތްހަމެޖުމަށް ކަމަށް އޭނާ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު