ލަންކާގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމުގެ ހުއްދަ އިންޑިއާގެ މަސްވެރިންނަށް ދިނުމާއި ގުޅޭ މަޝްވަރާތަކެއް އިންޑިއާ އާއި ލަންކާ އިން ފަށައިފިއެވެ.

ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި ގަވައިދާއި ހިލާފަށް އިންޑިއާގެ މަސްވެރިން ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރާ މައްސަލައަށް ހައްލެއް ހޯދަން ކުރެވެމުންދާ މަޝްވަރަތަކުގައި މިހާރު ވަނީ އިންޑިއާގެ މަސްވެރިންނަށް ވަކި ލައިސަންސެއްގެ ދަށުން ލަންކާގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމަށް އެއްބަސްވުމަށް އާދެވިފައެވެ.

ލަންކާގެ ފިޝަރީޒް މިނިސްޓަރ ޑޮގްލަސް ދެވަނަންދާ ވިދާޅުވީ ވަކި އަދަދެއްގެ އިންޑިއާ މަސްބޯޓު ފަހަރަށް ކޮންމެ ހަފްތާއަކު ވެސް ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރުމުގެ ލައިސަންސެއް ދިނުމަށް މިހާރު ގާތްގަނޑަކަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދަށް އިންޑިއާގެ މަސްބޯޓުތައް ވަނުން މިއީ ވަރަށް ބޮޑު މައްސަލައެއް. މިމައްސަލައަށް ހައްލެއް ގެނައުމަށް މިހާރު އެއްބަސްވުމަކަށް އާދެވިފައި މިވަނީ ކޮންމެ ހަފްތާއަކު ވެސް އިންޑިއާގެ ވަކިއަދަދެއްގެ މަސް ބޯޓު ފަހަރަށް ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ލައިސަންސެއް ދިނުމަށް." ޑޮގްލަސް ވިދާޅުވިއެވެ.

ޑޮގްލަސް ވިދާޅުވީ މިނިންމުން ކުރިއަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި ތަންފީޒު ކުރެވިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިންޑިއާގެ މަސްވެރިން ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރާ މައްސަލައާއި ލަންކާގެ މަސްވެރިން އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރާ މައްސަލައަކީ އަބަދުވެސް ވަރަށް ބޮޑުވެފައި އޮންނަ މައްސަލައެކެވެ. ދާދިފަހުން ވެސް ލަންކާ އިން ވަނީ ގަވައިދާއި ހިލާފަށް އެގައުމުގެ ކަނޑުގެ ސަރަހައްދަށް ވަން އިންޑިއާގެ މަސްވެރިންތަކެއް ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  ލަންކާއިން އިންޑިޔާއަށް ހުއްދަ ދިނަސް އެކަން ވަގުތު ނޫހުން އިސްތިހާރު ކުރިނަމަވެސް މި ރާއްޖޭއިން މަސްވެރިކަންކުރަން ބޭރުގެ ފަރާތްތަކަށް ހުއްދަ ދޭންޖެހޭ ކަމެއް ނޫން.

  10
 2. ނޯ

  މީހުއްދަދެނީކީނޫން. އެކަންހުއްޓުވާނެގޮތެްހޯދަނީ. ލަންކާއެއުޅެނީ އިންޑިޔާގެ ކިބައިން ސަލާމަތްނުވެގނެން. މީގެކުރިން ޓައިގަރުން އަރުވައިގެން ލަންކާ ފުޑުފުޑުކޮށްފި. މިހާރު އެއުޅެނީ އެހެންކަމަކާ

  6
  1
 3. ޢަލީ

  ތިހުއްދަ މިރާއްޖެއިންވެސް ދީފައި އޮތުމާ ވައްތަރީ، ދާދިފަހުން އަތުލި ބޯޓުވެސް ދޫކޮށްލައިފިއްޔާ، ދެން ލަލަ

 4. ދަރަނި ދަންތުރަ

  ރާޢްޖޭގެ ސަރަހައްދަށް އިންޑިޔާ ބޯޓުތަށް ވަންނަން މަގުފަހިކުރަނީ ރީނދޫ ހިޔަޅުތަށް މަކަރުވެރިކަމާއެކު ގައުމު އަޅުވެތިކުރަނީ