ބޮސްޓަން ޑައިނަމިކްސްއިން އުފައްދާފައިވާ ރޮބޮޓް ކުއްތާ ތަކުގެ ތެރެއިން 'ސްޕޮޓް' ގެ ނަމުން ނަން ދެވިފައިވާ ރޮބޮޓް ކުއްތާއެއް ފްރާންސްގެ އަސްކަރީއާއިން ތަމްރީނު ކުރަން ފަށައިފިއެވެ.
ފްރާންސްގެ އަސްކަރީ ސުކޫލަކުން ބޭއްވުނު ދެ ދުވަހުގެ ޓްރެއިނިންގް ސެޝަން އެއްގައި ރޮބޮޓް ކުއްތާ ބައިވެރިކޮށްފިއެވެ. މި ސެޝަން އަކީ ރޮބޮޓް ކުއްތާ އަސްކަރީގެ ބޭނުން ތަކުގައި ކުރެވޭނެ ގޮތް ދެނެގަތުމަށް ދިން ތަމްރީނެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ޓްރޭނިންގް ސެޝަންގެ ތެރެއިން ރޮބޮޓް ކުއްތާ ބޭނުން ކޮށްގެން އަސްކަރީ އިން ވަނީ ސިނާރިއޯތަކެއް ހަދާފައެވެ. އޭގެ ތެރޭގައި ރޮބޮޓުގެ އެހީއެއް ނެތިއާއި ރޮބޮޓް އެހީ އާއި އެކުގައިވާ ސިނާރިއޯ އަސްކަރީ ތަމްރީނުގެ ބައިވެރިން ކުޅެފައިވެއެވެ. މިއީ ރޮބޮޓް ކުއްތާ ބޭނުން ކުރުމުން އަސްކަރީއަށް ލިބޭ ފައިދާ ދެނެގަތުމަށް ކުރި ތަމްރީނެކެވެ. ނަތީޖާ އަކަށްވީ އެ އެއްޗެހީގެ ސަބަބުން އޮޕަރޭޝަން ލަސް ވުން ކަމެވެ. ނަމަވެސް، ރޮބޮޓް ކުއްތާގެ ސަބަބުން އަސްކަރީ ޕޮއިންޓް ސަލާމަތް ކުރުމަށް އެހީ ލިބޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
'ސްޕޮޓް' ރޮބޮޓް ކުއްތާއަކީ އެތައް މަސައްކަތެއް ކުރަން ދަންނަ އެއްޗެކެެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ މައިދާނުގައި ފޯރި މެރުމާއި، ހަތިޔާރު ބެލެހެއްޓުން ހިމެނެއެވެ.
ފްރާންސުގެ އަސްކަރީ ތަމްރީނުގައި ރޮބޮޓް ބައިވެރިވާކަން އިއުލާން ކުރުމާއި އެކު ހަނގުރާމައިގެ މައިދާން ތަކުގައި ރޮބޮޓް ބޭނުން ކުރުމާއި މެދު ވިސްނާކަމަށް މީޑިއާ ރިޕޯޓުތަައް ބުނެއެެވެ. ރިޕޯޓުތަކުގައި ހިމެނިފައިވާ ގޮތުން ނަމަ ބާރުގަދަ ކެމިކަލް ތަކުން ހަމަލާ ބަދަލް ކުރެވޭ މައިދާންތަކުގައި ސްޕޮޓް އަކީ ކުޅަދާނަ ބޭނުންތެރި އެއްޗަކަށް ވެގެން ދާނެ ކަމަށް ބުނެފައިވެއެވެ.
ހަނގުރާމައިގެ މައިދާނަށް ސްޕޮޓް ރޮބޮޓް ކުއްތާ ނެރުނު ނަމަވެސް ބޮސްޓަން ޑައިންމިކްސް އާއި އެކު އެއްބަސްވާން ޖެހޭ ކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި ސްޕޮޓް ލައްވައި އިންސާނުންނަށާއި ޖަނަވާރުންނަށް އަނިޔާކުރުން މަނާ ކުރުމާއި، ހަތިޔާރު ބޭނުން ކުރަން ސްޕޮޓަށް ހުއްދަ ދިނުން ހިމެނެއެވެ.
ޙަހަހަ