އެމެރިކާގެ ފުލުހުން އަނެއްކާ ވެސް ކަޅު ނަސްލުގެ މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ.

އެގައުމުގައި މަރުވެފައިވަނީ އުމުރުން 20 އަހަރު ޑައުންޓޭ ރައިޓް ނަމަކަށް ކިޔާ މީހަކު މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ހާދިސާގައި މަރުވި ކުއްޖާގެ މަންމަ، ކޭޓީ ރައިޓް މީޑީއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ކުއްޖާ އޭނާ އަށް ގުޅާފައި ފުލުހުން އޭނާ މަޑު ކުރުވި ވާހަކަ ބުނި ކަމަށާއި އޭގެ ފަހުން ފުލުހުން އޭނާގެ ގާތު ފޯނު ބާއްވަން ބުނި އަޑު އިވުނު ކަމަށެވެ.

އޭގެ އިރުކޮޅެއް ފަހުން އެކުއްޖާއާއި ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާގެ ފަރާތުން އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލާފައިވާކަން އެނގިފައިވާ ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ.

މި މަރާއި ގުޅިގެން އެގައުމުގެ ގިނަ ބަޔަކު އަންނަނީ ފުލުހުންނާއި ދެކޮޅަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ހަމަލާދޭ ކަމަށް ވެސް މީޑިއާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެމެރިކާގައި ކަޅު ނަސްލުގެ މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލާފައި މިވަނީ މީގެ ކުރިން ވެސް ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލައިޑް މަރާލި މައްސަލައިގައި އެގައުމުގެ ފުލުހެއް ކަމަށްވާ ޑެރެކް ޗައުވިންގެ މައްޗަށް ދައުވާ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އިއްޔެ ހިނގާދިޔަ މި ހާދިސާއާއި ގުޅިގެން އެގައުމުގެ ފުލުހުން ވަކި އެއްޗެކޭ އަދި ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު