އިންޑިއާގެ ހަރިޑްވާރް ސިޓީ ގައި ބޭއްވި ކަމްބް މެލާ މަހާސިންތާގައި ބައިވެރިވި މީހުންގެ ތެރޭގައި ކޮވިޑް-19 ފެތުރިއްޖެ އެވެ. ފައްސިވި ނުވަ ފާދިރީން ވެސް ހިމެނެއެވެ.

އަންގާރަ ދުވަހުގައި އޮތް މަހާސިންތާގައި ތިން މިލިއަނަށް ވުރެ، ގިނަ ހިންދޫން ގޭންޖީސް ކޯރުގައި ފެންވަރާފައިވެއެވެ. އެ މީހުން ގަބޫލު ކުރާ ގޮތުގައި ދެމަސް ދުވަހަށް ދެމިގެންދާ މަހާސިންތާއިން އެންމެ މާތް ދުވަހަކީ އަންގާރަ ދުވަހެވެ.

މިލިއަނެއް ހާ މީހުން މިއަދު މި އަޅުކަން ތަކުރާތު ކުރާނެ ކަަމަށް ލަފާކުރެވެއެވެ.

އަންގާރަ ދުވަހު އިންޑާއިން 184،372 މީހުން ކޮވިޑް-19 އަށް ފައްސިވެގެން ރިޕޯޓް ކޮށްފައިވެއެވެ.

ދުނިޔެއާއި ކުރިމަތިލާން ޖެހިފައިވާ ބަލިމަޑުކަމުން އަރައި ނުގަނެވިގެން އުޅޭ ދަނޑިވަޅެއްގައި މި ފަދަ މަހާސިންތާ އެއް ކުރިޔަށް ގެންދިއުމަށް ހުއްދަ ދީފައިވާތީ ގިނަމީހުންދަނި ސަރުކާރު ކުށްވެރި ކުރަމުންނެވެ.

އޮފިޝަލުން ބުނެފައިވަނީ 900.000 ހާ މީހުން އިއްޔެ މެންދުރު އެ ކޯރަށް ފައިބާފައިވާ ކަމަށެވެ.

މި ދުވަހަކީ މި މަހާސިންތާގެ އެންމެ މާތް ދުވަސް ކަމުގައި އެމީހުން ނިންމާފައި އޮންނަ ދުވަހެވެ.

ހިންދޫ މިހުން ގަބޫލު ކުރާ ގޮތުގައި މި ކޯރުން ފެންވެރުމުގެ ސަބަބުން އެމީހުންގެ ފާފަތައް ފޮހެވިގެންދާނެއެވެ.

މިީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި މަހާސިންތާގައި ބައިވެރިވި 20،000 މީހުންގެ ސުންކު ނަގާފައިވާއިރު 110 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި ހޯމަ ދުވަހު ދުވަހު 184 މީހުން ފައްސިވެފައިވެެއެވެ.އޭގެ ތެރެއިން ބައެއް މީހުން މިހާރުވަނި އެކަހެރި ކުރެވިފައެވެ. އަދި ބައެއް މީހުން ވަނީ ހަރިދްވާރުގެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ކަމްބް މެލާގެ ސިއްހީ އޮފިސަރެއް ކަމުގައިވާ ޑޮކްޓަރ އަރްޖުން ސެންގާ ބުނެފައިވަނީ އެމީހުންގެ ދީނީ ކަންތަކުގައި އެންމެ އިސްކޮށް އުޅޭ ނުވަ ލީިޑަރުން ވަނީ ކޮވިޑަށް ފައްސިވެފައިކަަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޣ

    ދުވަސްކޮޅަކުން ގުޅީފަޅުގަ ޓެކްނިޝަނުން ތިބޭނެ ތިހެންހަދައިގެން ފަޅުތެރޭގަ އޮރިޔާމުން ބުދެއް ބޮލައްލައިގެން

    • ޢަހޫ

      ދެން ބަހަ އްޓަންވީ މުޅަތަކެތިކާމީހުންގެ ބޮޑުބުދު ތޯ.

  2. ވާނުވާ

    ބުދު ދީނެއް ނޫން އެއީ ހިންދޫ ދީން. ބުދު ދީނަކީ ބުޑިސްޓުން

    • ސަންތާނާ

      ޙިންދޫންވެސް އަޅުކަން ކުރަނީ ބުދުތަކަކަށް އެހެންވީމަ ބުދުދީނޭ ބުނުމަކުން ގޯހެއްނޫންތާ. ބުދަށް އަޅުކަންކުރާ މީހުނަށް ބުފުދޫނުގެ މީހުނޭ ތޯއްޗެ ކިޔޭނީ