ސްރީލަންކާގައި އާންމުން އެއްވެ އުޅޭ ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްއަށް ކެބިނެޓުގެ ރުހުން ދީފިއެވެ.
އެގައުމުގައި އާންމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާކުރުމުގެ ޕްރޮޕޯސަލް ހުށަހެޅި ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ ސަރަތު ވީރަސެކެރަ ވިދާޅުވީ ކެބިނެެޓުން އެ ޕްރޮޕޯސަލްއަށް ރުހުން ދިނީ އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.
މި ނިންމުން ގާނޫނަކަށް ހެދުމަށް އެޓާނީ ޖެނެރަލް ޑިޕާޓުމެންޓަށާއި ޕާލިމެންޓަށް ފޮނުވާނެއެވެ. ޕާލިމެންޓުގެ މެޖޯރިޓީ އޮތީ ސަރުކާރަށް ކަމުން މި ގާނޫނު ފާސްވުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެއެވެ.
ވީރަސެކެރަ ގޮވާލައްވާފައި ވަނީ އަންހެނުން އައުރަ ނިވައި ކޮށްގެން އުޅުމާއި، މޫނު ބުރުގާ އަޅައިގެން އުޅުމަކީ ދީން ހައްދުފަހަނަ އަޅައި ދިޔުން ކަމަށެވެ. އޭނާ ބުނެފައިވަނީ ގައުމުގެ ސަލާމަތަށްޓަކައި ވެސް މޫނު ނިވައިކޮށް ބުރުގާ އެޅުން މަނާ ކުރާނެ ކަމަށެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ބޮމުގެ ހަމަލާގައި 260 މީހުން މަރުވުމާ ގުޅިގެން އެގައުމުގައި ވަގުތީގޮތުން މޫނު ބުރުގާ އެޅުން ވަނީ މަނާ ކޮށްފައެވެ. އެގައުމުގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ އެ ހަމަލާ ދިނީ އިސްލާމިކް ސްޓޭޓާއި ގުޅުން ހުރި ޓެރަރިސްޓް ޖަމާއަތަކުން ކަމަށެވެ.
މިދިޔަ މަހު ޕާކިސްތާނުގެ އެމްބެސެޑަރު ސާދް ހައްތާކް ވިދާޅުވީ މޫނު ބުރުގާ އެޅުން މަނާ ކުރުމަކީ މުސްލިމުންނަށް ދެވޭ އަނިޔާއެއް ކަމަށެވެ.
ލަންކާގެ އެތެރޭގަ ތަމަޅަ ޓައިގަރުން އެތައް އަހަރެއް ވަންދެން އެ ހިންގާލި ދާޚިލީ ހަނގުރާމައިގަ އިންސާނިއްޔަތާއި ޚިލާފު އެތައް ޖަރީމާއެއް ހިންގާފަވޭ...ދުވަހަކުވެސް ނުދެކެން އަދި އަޑުވެސްނާހަން ޓައިގަރުން ލައިގެން އުޅުނު ހެދުމެއް އަދި އެންމެ ކުޑަމިނުން ޖަންގިޔަލެއްވިޔަސް ގައުމީ ސަލާމަތަށްހުރި ނުރައްކަލަކަށް ވެގެން އުޅުނުތަނެއް..މިހާރުވެސް މުޅި ދުނިޔެއަށް ނަޒަރު ހިންގާލިޔަސް މިފެންނަނީ މޫނުގެ ބޮޑުބައި މާސްކަކުން ފޮރުވައިގެން އުޅޭތަން..މުސްލިމުންވީމަ ހަމަ ހަދާ ގޮތް މީ..
ކާކުކަން އެނގޭ ގޮތަށް ބުރުގާ އެޅުން ރަނގަޅެވެ. އެކަމަކު މޫނު ބުރުގާ އެޅުން މަނާ ކޮށްފައި މޫނު ފެންނަ ގޮތަށް ބުރުގާ އެޅުން ވެސް މަނާ ކުރުން ވާނީ އިސްލާމް ދީނަށް ކުރާ ނަފްރަތރެއްގެ ސަބަބުން ކުރި ކަމަކަށެވެ. އޮރިޔާ މާ އުޅުމަށް ބުޑިސްޓު ހާމުދުރުން ލޯބި ކުރިޔަސް މުސްލިމުން އެގޮތަކަށް ނުރުހޭނެއެވެ. ބުރުގާ މަނާ ކުރާނަމަ ހާމުދުރުން އަޅާ ރީދޫ ކުލައިގެ ހެދުން ވެސް މަނާކުރުން ރަނގަޅެވެ.އެހެނީ ދީނެކޭ ކިޔައިގެން ދީނަކަށް ނިޞްބަތްކޮށް ދީނުގައި ނެތް ކަމެއް ކުރާތީއެވެ.
ވަރަންރަގަޅު ނިންމުމެށް
މުރުތައްދުން ވަރައް މޭކަރާނެ
ތިގޯސްވަނީ.
އުފާވެރި ނިން މު މެއް. މޫނުބުރުގާ އެއީ މުޖުތަ މައު އަށް އޮތް ބިރެއް. ޝުކުރިއްޔާ ލަންކާ.
ޝުކުރިއްޔާ ވީރަސެކެރަ!
ޓެޑް. ތީ މުޅިއިންސާނިއްޔަތަށާއި،ޖަނަވާރުންނަށް އޮތް ބިރަކަށް ތިމީހާ ވެދާނެ