ކޮވިޑް-19 ނުރައްކާތެރި މި ވަގުތުގައި ވެސް އިންޑިޔާގައި 50 ވަރަކަށް މީހުން ދިރިއުޅޭ އަވަށެއްގައި ފަރުވާ ހޯދުން ދަތިވެއްޖެ އެވެ.
އެ މީހުންނަށް އެހެން ވާން ޖެހުނީ ފަރުވާ ދެވޭނެ ފަދައެއް ނެތިގެނެއް ނޫނެވެ. ގޮސަވައި ކޮމިޔުނިޓީ ނަމަަކަށް ކިޔާ އަވަށެއްގައި ދިރިއުޅޭ މީހުންނަށް ސިއްހީ ފަރުވާ ލިބުމުގައި ދަތިވެފައިވަނީ އެމީހުންގެ އަތުގައި އައިޑީ ކާޑެއް، ޕާސްޕޯޓެއް ނުވަތަ އެހެން ވެސް އިންޑިޔާގެ ރައްޔިތެއްކަން ސާބިތު ކޮށްދެވޭނެ ރަސްމީ ލިޔުމެއް ނެތުމުންނެވެ.
ޕޫނޭއާ 35 ކިލޯމީޓަރު ދުރުގައި އޮންނަ ސަސްވަދުގެ ކައިރީގައި އޮންނަ އަވަށެއް ކަމަށްވާ ހިވަރޭ ވިލެޖުގައި އޮންނަ ގޮސަވައި ކޮމިޔުނިޓީއަކީ 50 ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ އަވަށެކެވެ.
ކޮވިޑަށް ޓެސްޓު ކުރުމާައި، ފައްސިވުމުން ސިއްހީ ފަރުވާ ލިބުމާއި ވެެކްސިން ލިބުން ވެސް މި އަވަށު މީހުންނަށް ވަނީ އުދަނގޫވެފައެވެ.
''އަހަރެންގެ މައިންބަފައިން ކޮވިޑަށް ފައްސިވެފައި. އެހެން ގެއެއްގައި އެދެމީހުން އެކަހެރި ކުރުވައިިފިން. ސަސްވަދުގެ ސަރުކާރު ހޮސްޕިޓަލަކަށް ދިޔުމުން އެނގުނީ އައިޑީ ކާޑު ނުވަތަ އިންޑިޔާގެ ރައްޔިތެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ނަމަ ފަރުވާ ނުލިބޭނެކަން. ވެކްސިން ވެސް ނުލިބޭނެކަން. މި ރަސްމީ ލިޔުންތައް ނެތުމުން ކޮވިޑް ޓެސްޓް ކުރުމަށް ވެސް ވަރަށް އުދަނގޫވޭ. މިހާތަނަށް އަހަރެންގެ އަވަށުން 3 މީހުން ކޮވިޑަށް ފައްސިވެއްޖެ'' މި އަވަށުގެ ރައްޔިތެއް ކަމުގައިވާ ނިކިތާ މެކްވަނާ ވަރަށް އަސަރާއި އެކު އިންޑިޔާގެ ނޫހަކަށް ކިޔައިދީފައިވެއެވެ.
12 އާއިލާއެއްގެ 50 މީހުން ދިރިއުޅޭ މި އަވަށުގެ މީހުން ކުރިން އުޅެފައިވަނީ ޚަލަދް އަވަށުގައެވެ. ގޮސަވައިއަށް ބަދަލުވެފައިވަނީ މީގެ ހަފުތާތަކެއް ކުރިން ކަަމަށް ނިކިތާ ބުނެފައިވެއެވެ.
ގޮސަވީ ކޮމިއުނިޓީއަށް ނިސްބަތްވާ މެންބަރުންގެ ރަސްމީ ގެެއެއްގެވެސް ނުހުރެއެވެ. އެއީ އެ މީހުން އެއް އަވަށުން އަނެއް އަވަށަށް ބަދަލުވަމުންދާތީ އެވެ.
ވެކްސިން ޖެހުމަށް ބޭނުންވާ ރަސްމީ ލިޔުންތައް ހޯދުމުގެ މަސައްކަތް ކުރާ ކަމަށާއި ސިއްހީ އެއްވެސް ފަރާތެއްގެ އެހީ ލިބިފައިނުވާކަން ވެސް ނިކިތާ ފާހަގަކޮށްފައިވެއެވެ.
ވަރަށް ރަނގަޅު،
ވަރަށް ރަނގަޅަށް އޮޅުންފިލައި އަދި މައުލޫމާތު މުއްސަނދިވާނޭހެން ލިޔެފައި އޮތީމައި.
(ޕޫނޭއާ 35 ކިލޯމީޓަރު ދުރުގައި އޮންނަ ސަސްވަދުގެ ކައިރީގައި އޮންނަ އަވަށެއް ކަމަށްވާ ހިވަރޭ ވިލެޖުގައި އޮންނަ ގޮސަވައި ކޮމިޔުނިޓީއަކީ 50 ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ އަވަށެކެވެ)