އިންޑިއާގައި މިހާރު އޮތް ކޮވިޑް-19 ގެ ހާލަތަކީ އެފްރިކާ ހޭލުމަށް ޖަހާ ރަނގަބީލެއް ކަމަށް އެެފްރިކަން ޔޫނިއަން އިން ބުނެެފިއެވެެ.

މުޅި ދުނިޔެެއިންވެސް އެެންމެ ފަގީރު ގައުމުތަކުގެ ލިސްޓުގެ ކުރީގަައި ހިމެނޭ އެފްރިކާގައި އެގައުމުގެެ ރައްޔިތުންނަށް އިންޑިއާއަށް މިހާރު އައިސްގެން އުޅޭ ފަދަ ވަރުގަދަ ކޮވިޑުގެ ރާޅެއް އަތުވެއްޖެ ނަމަ މަސައްކަތް ކުރަން ސިއްހީ ހިދުމަތްތެރިންނެއް ނެތެވެ.

މިފަދަ ބަލިމަޑުކަމެއް އަތުވެެއްޖެ ނަމަ މުޅި އެފްރިކާ ބައްރުގެ 1.3 ބިލިއަން މީހުންނަށް ތަދުމަޑުކަމާ ދަތި ހާލު ޖެހި، ގިނަ ބަޔަކު ވަކިވެގެން ހިނގައިދާނެެ ކަމުގެ ރަތް އިންޒާރު އެެފްރިކަން ޔޫނިއަން އިން ވަނީ ދީފައެވެެ.

އެފްރިކާ ސެންޓަސް ފޯ ޑިސީސެސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެެ ޑިރެކްޓަރު ޖޯން ނެންގަސަން ވިދާޅުވީ، މިހާރުން ފެެށިގެން އެފްރިކާއިން މި ބަލިމަޑުކަމާ މެދު ވިސްނާ އިންޑިއާއަށް ދިމާވެފައިވާ ބަލިމަޑުކަމުން އިބުރަތެއް ހާސިލްކުރަން ޖެހޭ ކަމަށެވެެ.

"އަހަރުމެންގެެ ސިއްހީ ނިޒާމު ވަރަށް ބަލިކަށި. މިހާރުން ފަށައިގެން މާސްކު އަޅަން ފަށަންވީ. މި ބަލިމަޑުކަމުން ރައއްކާތެރިވުމަށް ފަރުދީ ފެންވަރުގައި ކުރެވެެން ހުރި ހުރިހާ ކަމެެއް ކުރަންވީ" ޖޯން ނެންގަސަން ވިދާޅުވެފައިވެއެވެ.

އެފްރިކަން ޔޫނިއަން އިން ވަނީ އަންނަ މަހުގެެ އަށް ވަނަ ދުވަހު އެފްރިކާގެ ހެލްތު މިނިސްޓަރުންނާ ބައްދަލުކުރުމަށް ނިންމާފައެވެ.

އެފްރިކާ މިހާރުވެެސް އޮތީ ނާޒުކު ފައްތަރަކަށް ވެެއްޓިފައެވެެ. އެ ބައްރުގެެ ގައުމުތަކުން އަންނަނީ ކޮވިޑް-19 އަށް އޮތް ހަމައެެކަނި ފަރުވާ ކަމަށްވާ ކޮވިޑް ވެކްސިންތައް ހުސްވަމުންނެވެ. ވެކްސިން ހުސްނުވެ ދެެވިއްޖެ ނަމަ މި ބަލިމަޑުކަން ފެތުރުނު ނަމަވެސް ކޮންމެވެސް މިންވަރަކަށް ރައްކާތެެރިކަން އެބައޮތެެވެެ.

އެފްރިކާގެެ ބައްރުތަކަށްް އަދި ލިބިފައި ވަނީ ޖުމްލަ 17 މިލިއަން ވެކްސިން ޑޯޒްއެވެެ. އެގޮތުން ގިނަ ވެެކްސިން ދީފައިި ވަނީ، މޮރޮކޯ، ނައިޖީރިއާ، އިތިއޯޕިއާ ގާނާ އަދި ކެންޔާއަށެވެ.

އިންޑިއާގެެ މިހާރުގެ ހާލަތަށް ބަލާއިރު އެެ ގައުމުގައި މި ބަލިމަޑުކަން އަންނަނީ ކޮންޓްރޯލެއް ނެެތި ހަލުވިކަމާއެކު ފެެތުރެެމުންނެެވެ. އިންޑިއާ އަކީ މިހާތަނަށް އެެމެރިކާއަށް ފަހު މި ބަލިމަޑުކަން އެންމެެ ބޮޑަށް ފެތުރޭ ގައުމެވެ. އެގައުމުގެ ހޮސްޕިޓަލްތައް ފުރި، ބަލި މީހުންނަށް ދެމުން އަންނަ އޮކްސިޖަން ހުސްވެ ގިނަ ބަޔަކު އަންނަނީ މި ބަލީގައި މަރުވަމުންނެވެ.